ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް އާއި މޫސާ މުންސިފް އަހްމަދު ހޯދައިފި އެވެ.
ރަފާ އާއި މުންސިފް ވަނީ މިކްސް ޑަބަލްސް ޗެމްޕިއަންކަން އެކުގައި ހޯދައިފަ އެވެ. މިކްސް ޑަބަލްސްގައި އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ފައިނަލުގައި ނުކުތީ މުހައްމަދު ތާބިން ޝުޖާއު އާއި މުޝްކާ އެވެ. މީގެ އިތުރުން މުންސިފް ވަނީ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ޒީސްތުއާ ޕެއާ ވެގެން ހޯދައިފަ އެވެ. ޑަބަލްސްގައި ޒިސްތު އާއި މުންސިފްއާ ދެކޮޅަށް ނުކުތީ ތާބިން އާއި މުހައްމަދު މުންތިފް އަހްމަދު އާއި ތާބިން އެވެ. އަންހެން ޑަބަލްސް ކެޓަގަރީ މުބާރާތުގައި ކުޅެފަ އެއް ނުވެ އެވެ.
އަންހެން ސިންގަލްސް ފައިނަލުގައި ރަފާއާ ވާދަ ކުރީ މިޝްކާ މުހައްމަދު އިބްރާހިމް އެވެ. ފިރިހެން ސިންގަލްސް ފައިނަލުގައި މުންސިފްއާ ވާދަކުރީ މުހައްމަދު ޒީސްތު ނަސީމް އެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ވެސް ރަފާ ވަނީ ހޯދައިފަ އެވެ. އެއުމުރުފުރާގެ އަންހެން ފިރިހެން ޗެމްޕިއަންކަން ތާބިން ހޯދީ ފައިނަލުގައި ޒީކް ހަސަން ލަތީފް ބަލި ކުރުމަށް ފަހު އެވެ.
މުބާރާތުގެ 15 އަހަރުން ދަށުގެ ސިންގަލްސް އަންހެން ޗެމްޕިއަންކަން ހޯދީ މިންހާ މަހްޖޫބް ސުޖާއު އެވެ. އެއުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޒީކް ހޯދީ އުމޭރު މުހައްމަދު މުއިއްޒުއާ ވާދަކޮށެވެ. މުބާރާތުގެ ވެޓަރަންސް ކެޓަގަރީގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ ކުރީގެ އެއްވަނަ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލަިބެ) އާއި އަހްމަދު ވަހީދުގެ ޕެއާ އެވެ.