ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ކިޔެވުން ފެށި ފުރަތަމަ ކޯހަކަށް ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭން ކޯސް ވެއްޖެއެވެ.
މި ކޯހުގެ ކިޔެވުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މިއަދު ފަށާފައިވާއިރު، ކިޔެވުން ފަށާފައިވަނީ އެކޯހުގެ ދެވަނަ މޮޑިއުލް ކަމަށްވާ ކްރިމިނޮލޮޖީ މޮޑިއުލްއެވެ.
ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ހަތަރު ވަނަ ބުރު ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު އައްޑޫ ސިޓީގައި ވަނީ ފަށާފައެވެ. އެކޯހުގެ ކިޔެވުން ވަގުތީގޮތުން ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީގައި ހުންނަ އެމްއެންޔޫ ކެމްޕަހުގައެވެ. އެގޮތުން އެ ކެމްޕަހުގައި ކުރިއަށް ގެންގޮސްފައިވަނީ ކޯހުގެ ފުރަތަމަ މޮޑިއުލްއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގެ އެކަޑަމިކް ރައިޓިންގ އާއި ލޯ އެންޑް ހިއުމަން ރައިޓްސް އާއި ކްރިމިނޮލޮޖީ އަދި ކްރިމިނަލް ޖަސްޓިސް ސިސްޓަމާއި އިންޓެވިސްޓިގޭޝަން ސްޕެސިފިކް ކްރައިމްސް އާއި އިންވެސްޓިގޭޝަން މެނޭޖްމަންޓް ފަދަ ތަހުގީގާ ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ފަރުމާކޮށްގެން އިންވެސްޓިގޭޝަން އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ކޯހުގައި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ތ އަދި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ގއ، ގދ. އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 27 އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވެފައި ވެއެވެ.
އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ހުޅުއްވާދެއްވީ މިދިޔަ މަރޗް މަހުގެ 27ވަނަ ދުވަހުއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓް އަކީ 2009 އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ މަޝްރޫއެއްގޮތުގައި ކުރިއަށްދން ނިންމި މަޝްރޫޢުއެކެވެ. މިމަޝްރޫއުގެ މަޝްވަރާތައް 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ނިންމާލުމަށްފަހު އެކި އަހަރުތަކުގައި އެކި ތަންތަނުގައި އެޅުމަށް މި މަޝްރޫޢުގެ ޑިޒައިނަށާއި، ކޮންސެޕްތަށް ބަދަލު ގެނެސްފައިވެއެވެ. ނަމަވެސް މި މަޝްރޫޢު އައްޑޫ ސިޓީގައިި ހިންގަން ހަމަޖައްސައި އެކަމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 25 ޖުލައި 2017ގައެވެ.
އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ޤާއިމްކުރި މި މަރުކަޒު ޤާއިމްކުރުމަށް 30 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.