ކުރީގެ ރައީސް މުހައްމަދު ނަޝީދު
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ސަރުކާރުން ދެއްވައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު
ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް، ބޭސް
ފަރުވާއަކަށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ސަރުކާރުން
ދެއްވާފައިވާކަމަށެވެ.
އެގޮތުން ސަރުކާރުން
ހުއްދަ ދެއްވާފައިވަނީ ސާރޖަރީއެއް ހެދުމަށްޓަކައި ނަޝީދު އިނގިރޭސިވިލާތަށް
ވަޑައިގަތުމަށްކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
ޓެރަރިޒަމްގެ ކުށުގައި ތޭރަ
އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޖަލު ހުކުމް ތަންފީޒުކުރަން ފެށި ފަހުން އެކި ފަހަރު މަތިން އެމަނިކުފާނު މާލެ
ގެނެސް ޑޮކްޓަރަށް ދައްކަވާފައިވެއެވެ.