މުނިފޫހިފިލުވުން

ރަންބީރާއި އާލިއާގެ ކައިވެންޏަށް ދައުވަތު ދިނީ އެންމެ 28 މީހުންނަށް


ބޮލީވުޑްގެ އެންމެ ހިތްގައިމު ކަޕުލް ރަންބީރާއި އާލިއާ ބަޓް މިހާރު ދަނީ އެމީހުންގެ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ނޫސްތަކުން ޖާގަ ހޯދާ އެންމެ ހިޓް ވާހަކައަކީވެސް މިހާރު މި ކައިވެނީގެ ވާހަކައެވެ. ދެ ތަރިންގެ ކައިވެނި ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އެކި ނޫސްތަކުގައި މި ތާރީހް ދީފައި އޮތީ އެކި ގޮތަށެވެ.

ދެ މީހުންގެ ފޭނުންވެސް ދަނީ މި ކަވެންޏަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ. ކައިވެނީގެ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައިވަނީ އެންމެ 28 މީހުންނަށެވެ. އަދި އެ މީހުންގެ ތެރޭގައި ގިނައީ ހުސް އާއިލާގެ މީހުންނެވެ.

މި ކައިވެނި ކުރާނީ ރަންބީރުގެ ގޭގައެވެ. މިއީ ވަރަށް ޕްރައިވެޓް ކައިވެންޏެކެވެ. ކައިވެނީގެ ހަފްލާގައި މާގިނަ ކަންތައްތަކެއް ކުރަން ރާވާފައެއްވެސް ނެތެވެ. މިހާ އަވަސްކޮށް ކައިވެނި ކުރަން ނިންމީ އާލިއާގެ މަންމަ ފަރާތު ކާފަގެ އެދުމަކަމަކަށެވެ. އާލިއާގެ ކާފަ އޮތީ މުސްކުޅިވެ ވަރަށް ހާލުދެރައެވެ. ކާފަ ބޭނުންވަނީ ވީހާވެސް އަވަހަކަށް އާލިއާ އާއި ރަންބީރު ކައިވެނިކުރާށެވެ.

އާލިއާ އަދި ރަންބީރު ލޯބީގެ ގޮތުން ގުޅިފައިވަނީ 2018 ވަނަ އަހަރުގައެވެ. ދެ ދަރިން ކައިވެނި ކުރަން ފުރަތަމަ ރޭވީ މިދިޔަ އަހަރުއެވެ. ނަމަވެސް ރަންބީރުގެ ބައްޕަ ރިޝީ ކަފޫރް މަރުވުމާ ގުޅިގެން ކައިވެނި ފަސްކުރީއެވެ.