ބޮލީވުޑްގެ ކާމިޔާބު ދެ ތަރި ރަންބީރު ކަޕޫރާއި އާލީއާ ބަޓްހެ ކައިވެނީގެ ލޯބި ފޮޓޯތަކެއް ފޭނުންނަށް ދޫކޮށްލައިފިއެވެ. ބޮލީވުޑްގެ ކާމިޔާބު އަދި އެހާމެ މަޝްހޫރު ބޮޑު ދެ އާއިލާއަށް ނިސްބަތްވާ އަލިއާ އާ ރަންބީރުގެ ކައިވެނީ އޮތީ މުމްބާއީގެ ޕަލީ ހިލްސްގައި ހުންނަ ރަންބީރުގެ ވާސްތޫ އެޕާޓްމަންޓްގައެވެ.
މި ދެތަރިންހެ ކައިވެންޏަށް ދައުވަތު ދީނީ އެންމެ 28 މީހުންނަށެވެ. އެހެންކަމުން ދެ ތަރިންގެ ފޭނުންވެސް ތިބީ ކައިވެނީގެ ފޮޓޯތައް ފެންނާނެ އިރެއްގެ އިންތިޒާރުގައެވެ. ކައިވެނީގެ ރީތި ފޮޓޯތައް ސޯޝަލް މީޑިއާއަށް ފުރަތަމ ދޫކޮށްލީ އާލިއާގެ މައިދައިތަ ކުރީގެ ކާމިޔާބު އެކްޓެރެސް ނީތޫ ކަޕޫރުއެވެ. ފަހުން އާލިއާވެސް ވަނީ މި ފޮޓޯތައް އޭނާގެ އިންސްޓަރގރާމްގައި ޝެއަރކޮށްފައެވެ.
ފޮޓޯތައް ހިއްސާކުރަމުން އާލިއާ ވަނީ އޭނާ އާ ރަންބީރުގެ ލޯބީގެ ހަނދާތައް އައުކޮށްލާފައެވެ. ފޮޓޯތައް ހިއްސާކުރި ޕޯސްޓްގައި އާލިއާ ބުނީ އެ ދެތަރިން ކައިވެނީ ކުރީ އޭނާގެ އެންމެ ފޭވަރިޓް ސްޕޮޓްކަމަށްވާ ރަންބީރުގެ ގޭގެ ބަލްކަނީގައިކަމަށެވެ. އެތަނަކީ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު އެންމެ ގިނަ ވަގުތު ހޭދަކުރިތަންކަމަށް އާލިއާ ވަނީ ބުނެފައެވެ.
ކައިވެނީގެ ހަފްލާގައި މާގިނަ ކަންތައްތަކެއް ކޮށްފައެއް ނުވެއެވެ. މި ދެތަރިން މިހާ އަވަސްކޮށް މި ކައިވެނިކުރީ އާލިއާގެ މަންމަ ފަރާތު ކާފަގެ އެދުމަކަމަކަށެވެ. އާލިއާގެ ކާފަ އޮތީ މުސްކުޅިވެ ވަރަށް ހާލުދެރައެވެ. ކާފަ ބޭނުންވަނީ ވީހާވެސް އަވަހަކަށް އާލިއާ އާއި ރަންބީރު ކައިވެނިކުރާށެވެ.
އާލިއާ އަދި ރަންބީރު ލޯބީގެ ގޮތުން ގުޅިފައިވަނީ 2018 ވަނަ އަހަރުގައެވެ. ދެ ދަރިން ކައިވެނި ކުރަން ފުރަތަމަ ރޭވީ މިދިޔަ އަހަރުއެވެ. ނަމަވެސް ރަންބީރުގެ ބައްޕަ ރިޝީ ކަފޫރް މަރުވުމާ ގުޅިގެން ކައިވެނި ފަސްކުރީއެވެ.