ދުނިޔެ

ޤަތަރުގެ އަމީރާއި ޕޫޓިން ބައްދަލުކުރައްވައިފި


ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ސިޔާސީ ހައްލެއް ގެނައުން މުހިއްމު ކަމަށް ޤަތަރާ ރަޝިޔާގެ އިސްވެރިން ހާމަކުރައްވައިފިއެވެ.މި ބޭފުޅުން މިކަން ހާމަކުރައްވާފައިވަނީ ޤަތަރުގެ ޢަމީރު ޝޭޚް ތަމީމް ބިން ހަމަދް އަލް ޘާނީ ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މެދު އިރުމައްޗާ ގަލްފް ގައުމުތަކުގެ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން މަޝްވަރާތައް ކުރައްވާފައެވެ. މައިގަނޑު ގޮތެއްގައި ސޫރިޔާގެ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ ވާހަކަތައް ކުރިއަށް ގެންދަވާފައެވެ.ޕޫޓިންއާއި ޤަތަރުގެ އަމީރު ބައްދަލުކުރައްވާފައި މިވަނީ ސޫރިޔާގެ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމުގެ މަޤްސަދުގައި މިމަހުގެ 25 ވަނަ ދުވަހު ސޫރިޔާ ސަރުކާރާ އިދިކޮޅު ފަރާތްތައް ބައިވެރިވާ މަޝްވަރާ ވާހަކަތަކަށް އދން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.