ދުނިޔެ

އިސްރާއީލު ފުލުހުންގެ ސިޔާސަތުތަކަށް އެމެރިކާއިން ފާޑު ކިޔައިފި


ހުޅަނގު އައްސޭރީގެ ސަލާމަތީ ކަންކަން ބެލުމުގައި އިސްރާއީލުގެ ފުލުހުން ގެންގުޅޭ ސިޔާސަތަށް އެމެރިކާއިން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިއަލް ޝަޕީރޯ ފާޑު ވިދާޅުވެއްޖެއެވެ.ޓެލަވީވްގައި ކުރިއަށް ދިޔަ ސަލާމަތާ ބެހޭ ސަމިޓެއްގައި ވާހަކަ ދައްކަވަމުން ޝަޕީރޯ ވިދާޅުވީ، ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ވަޒަންވެރިން ދޭ ގިނަ ހަމަލާތަކުގެ ތަހްޤީޤުތައް އިސްރާއީލުގެ ފުލުހުން ފުރިހަމަ ނުކުރާ ކަމަށާ ޤާނޫނު ތަންފީޒު ކުރުމުގައި އިސްރާއީލުން ދެފުށް ދެގޮތް ސިޔާސަތެއް ގެންގުޅެމުންދާ ކަމަށެވެ. އަދި އިސްރާއީލުގެ ރައްޔިތުންނަށް ވަކި ގޮތަކަށް، ފަލަސްޠީނުގެ ރައްޔިތުންނަށް ވަކި ގޮތަކަށް އިސްރާއީލުގެ ފުލުހުން ޢަމަލުކުރަމުންދާ ކަމަށް ވެސް ޝަޕީރޯ ވިދާޅުވިއެވެ.އެމެރިކާގެ ސަފީރު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ އެކްޓިވިސްޓުންނާ އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދޭ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.