މުނިފޫހިފިލުވުން

މެރެލީން މޯންގެ ހެދުން ލުމުން ކިމް އަށް ފާޑުކިޔަނީ


މި މަހުގެ ކުރީކޮޅު ބޭއްވި މިއަހަރުގެ މެޓް ގާލާ އިވެންޓުގައި މަޝްހޫރު ސެލިބްރިޓީ ކިމް ކާޑޭޝިއަން ލާފައި ހުރީ 1962 ވަނަ އަހަރު ހޮލީވުޑް ތަރި މެރެލީން މޯން ލާފައިހުރި ޖީން ލުއިސް ގައުންއެވެ. މި ހެދުން ލުމަށް ކިމް ވަނީ ތިން ހަފްތާއިން 7 ކިލޯ ލުއިވެސް ވެފައެވެ. ނަމަވެސް ކިމް މި ހެދުން ލުމުން ބައެއް މީހުން ތައުރީފް ކުރިއިރު އަނެއް ބަޔަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައެވެ.

ޖީން ލުއިސް ކުރީގެ ފެޝަން އެސިސްޓެންޓް މަރުލިން މުންރޯ ބުނީ ކިމް އެ ހެދުން ލުމަކީ އޭނާ ހެދި ވަރަށް ބޮޑު ގޯހެއްކަމަށެވެ. އަދި އެ ހެދުމަކީ ހަމައެކަނި މެރެލީން އަށް ޑިޒައިން ކޮށްފައި އިން ހެދުމެއްކަމަށާއި އެހެން މީހަކު އެ ހެދުމުގައި ފެނިގެން ނުވާނެކަމަށްވެސް މަރުލިން ވަނީ ބުނެފައެވެ.

މެރެލީން މި ހެދުން ލާފައިވަނީ އޭރުގެ އެމެރިކާގެ ރައީސް ޖޯން އޮފް ކެނެޑީގެ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައެވެ. މި ހަފްލާގައި މެރެލީން ވަނީ "ހެޕީ ބާތްޑޭ" ލަވަ ކެނެޑީއަށް ކިޔާދީފައެވެ.

1962 ވަނަ އަހަރު ކެނެޑީއަށް މެރެލީން ކިޔައިދިން "ހެޕީ ބާތްޑޭ" ލަވަޔަށްފަހު މެރެލީން އާއި ކެނެޑީއާއި ދެމެދު ސިއްރު ގުޅުމެއް ހިނގާ ކަމަށްވެސް އޭރު ވަނީ އަޑުތައް އަރާފައެވެ. މެރެލީންގެ މި ލަވަޔަށްވުރެ ބޮޑަށް މަޝްހޫރުވީ އޭނާ ލާފައިހުރި ހެދުމެވެ.
ފްރާންސްގެ ފެޝަން ޑިޒައިނާ ޖީން ލުއިސް ކަސްޓްމައިޒްކޮށްފައިވާ މި ހެދުމުގައި އަތުން ހަރުކޮށްފައިހުރި 2500 ވިދާ ކްރިސްޓަލް ހުއްޓެވެ. މި ހެދުމަށް ޖީން އަށްވަނީ އެކަޑަމީ އެވޯޑުގެ ބެސްޓް ކޮސްޓިއުމް ޑިޒައިނާ އެވޯޑްވެސް ލިބިފައެވެ.
މެރެލީން މި ހެދުން ގަތީ އޭރުގެ 1440 އެމެރިކާ ޑޮލަރަށެވެ. އެއީ މިހާރުގެ އަގުން ނަމަ 12400 އެމެރިކާ ޑޮލަރެވެ.