މިދިޔަ އަހަރުތެރޭ
ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %4.9 އިތުރުވެއްޖެއެވެ.
ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމެންޓް
އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2014 ވަނަ އަހަރުތެރޭ 86359 ދިވެހިން ލަންކާއަށް ދަތުރުކޮށްފައިވާއިރު، މިދިޔަ
އަހަރު 90,617 ދިވެހިން ލަންކާއަށް ގޮސްފައިވެއެވެ.
އެ
އޮތޯރިޓީގެ ތަފާސް ހިސާބްތައް ދައްކާގޮތުން މިދިޔަ އަހަރު ލަންކާއަށް 5
ވަނައަށް އެންމެ ގިނަ ފަތުރުވެރިން ގޮސްފައި ވަނީ ރާއްޖެއިންނެވެ. ކޮންމެ އަހަރެއްގެވެސް ސްކޫލް ބަންދާދިމާކޮށް ގިނަ
އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކޮށްލުމަށް ލަންކާއަށް ދަތުރުކުރެއެވެ.