މުނިފޫހިފިލުވުން

ކަރަން ބުނީ މިފަހަރު ލޯތްބެއް ނޫނޯ، މިފަހަރު އެކްޝަންކަމަށް


ލޯބީގެ ފިލްމުތައް ގެނެސްދިނުމުގައި ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރަކީ ކަރަން ޖޯހަރަށް ނޫނީ ނުވާނެއެވެ. އަދި އޭނާގެ ޕްރޮޑަކްޝަން ހައުސް ދަރްމާ ޕްރޮޑަކްޝަނަކަށްވީވެސް މި ބާވަތުގެ ފިލްމުތަކަށް އެންމެ ކުޅަދާނެ އެއް ޓީމެވެ.

ފަންސާސް އަހަރު އިއްޔެ ފުރުނު ކަރަން ވަނީ އޭނާގެ އުފަން ދުވަހާއި ދިމާކޮށް އައު ފިލމެއްގެ ވާހަކަ އިއުލާންކޮށްފައެވެ. މި ފަހަރު ކަރަން މަސައްކަތް ފަށަނީ ތިނެސްކަން ލޯބީގެ ކުޅިގަނޑެއް ނޫނެވެ.

ކަރަން ބުނީ މި ފަހަރު ލޯބީގެ އަސަރުތައް ދޫކޮށްލާ މި ފަހަރު އޭނާ ޑައިރެކްޝަނަކީ އެކްޝަން ފިލްމެއްކަމަށެވެ. މިހާތަނަށް ކަރަން ނެރުނު ފިލްމުތައް ނުކުމެފައިވަނީ އެއް ފިލްމެއް ނެރޭތާ ދުވަސްތަކެއް ފަހުންނެވެ. އެކަމަކު ކަރަން މި ފަހަރު ބުނީ އެކަންވެސް ދެން ނިންމާލީ ކަމަށެވެ. ފިލްމުތައް އުފެއްދުމުގައި އެހާ ދޭތެރެ ދެން ދުރުނުކުރާނެކަމަށް ކަރަން ބުނެއެވެ.

ކަރަން އަލަށް ފަށާ އެކްޝަން ފިލްމުގެ އެއްވެސް ތަފްސީލެއް އޭނާ އެއް ނުބުނެއެވެ. އެހެންނަމަވެސް އަންނަ އަހަރުގެ އޭޕްރިލްމަހު އެ ފިލްމުގެ ޝޫޓިންތައް ފަށާނެކަން ކަރަންވަނީ އިއުލާންކޮށްފައެވެ.

ކަރަން ވަނީ އޭނާގެ 50ވަނަ އުފަން ދުވަހާއި ދިމާކޮށް އޭނާ މިހާރު ޑައިރެކްޓް ކުރަމުން އަންނަ ފިލްމު "ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކަށް ނެރޭނެ ދުވަސްވެސް އިއުލާންކޮށްފައެވެ. ކަރަން ބުނީ މި ފިލްމު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަދުވަހު ސިނަމާތަކަށް އަންނާނެކަމަށެވެ.

2016 ވަނަ އަހަރު ކަރަން ޑައިރެކްޓްކުރި "އޭ ދިލްހެ މުޝްކިލް" އަށްފަހު 5 އަހަރު ފަހުން ކަރަން އުފައްދާ "ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ" މި ފިލްމުގެ ލީޑްތަރިންނަކީ ރަންވީރު ސިންގް އަދި ޢާލިއާ ބަޓްއެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މި ދެމީހުންގެ އާއިލާގައި ތިބޭ ނުފޫޒު ގަދަ މެމްބަރުންގެ ވާހަކަތަކެއް މައްޗަށެވެ. ރަންވީރުގެ މަންމަ އަކީ ޖަޔާ ބަޗަންއެވެ. ބައްޕައަކީ ދަރުމެންދުރާއެވެ. އާލިއާގެ މަންމަ ރޯލްދީފައިވަނީ ވަރުގަދަ ތަރި ޝަބާނާ އާޒްމީއަށެވެ.

ކަރަން އާ އޭނާގެ ދަރްމާ ޕްރޮޑަކްޝަނުން މިހާރު އަންނަނީ މި އަންނަ މަހު ނެރެން ތައްޔާރުވަމުން އަންނަ ފިލްމް "ޖުގް ޖުގް ޖިޔޯ" ޕްރޮމޯޝަން މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ. ވަރުން ދާވަން، ކިއާރާ އަދްވާނީ، އަނިލް ކަޕޫރް އަދި ނީތޫގެ އިތުރުން މަނީޝް ޕައުލް މުހިްމު ރޯލްތަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް އަންނަނީ އަންނަމަހުގެ 24 ވަނަދުވަހުއެވެ.

ކަރަންގެ 50ވަނަ އުފަންދުވަސް ފާހަގަކުރަން ބޭއްވި ކެއުމަށް މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ ގޮސްފައެވެ. އޭގެތެރޭގައި އޭނާގެ ޒަމާންވީ ރަހްމަތެރިންކަމަށްވާ ޝާހުރުކްހާނާއި އެނާގެ އަންހެނުން ގޯރީ ހާނާ، ފަރާ ހާން ހިމެނެއެވެ.