މިމަހުގެ 21 ވަނަ ދުވަހު ގއ.ވިލިނގިލީ ފަަޅަށް ވަންނަ އުޅެނިކޮށް ހިނގި އެކްސިޑެންޓްގައި އަނިޔާލިބި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އިސްހާޤް ވެންޓިލޭޓަރުން ނަގައިފިއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުގައި އިސްހާޤްއަށް ފަރުވާ ދެމުންދާ ޑޮކްޓަރުންގެ ޓީމާ ހަވާލާދީ އޭނާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ އިސްހާގު ވެންޓިލޭޓަރުން ނެގީ އިއްޔެކަމަށެވެ. އަދި ވެންޓިލޭޓަރުން ނެގިނަމަވެސް އޭނާ އޮތީ އައިސީޔޫގައި ކަމަށާއި، އޭނާ އޮތީ ކްރިޓިކަލް ހާލަތުގައިކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އިސްހާޤް ވެންޓިލޭޓަރުން ނެގީ އޭނާއަށް އެހާދިސާގައި ލިބިފައި ހުރި ގެއްލުންތަކުގެ ސާޖަރީ ހެދުމަށެވެ. އަދި ތިންދުވަސްވަންދެން އޮކްސިޖަން ލެވަލް ބެލުމަށް ފަހު ސާޖަރީ ހަދާނެކަމަށް އާއިލާއިން މައުލޫމާތުދެއެވެ.
މިހާދިސާގައި އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ގައިގެ އެކި ތަންތަން ބިންދައިގެން ގޮސްފައިވާކަމަށް ވެސް އެއާއިލާއިން މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެއެވެ.
އިސްހާޤްއަކީ މިހާދިސާގައި ނިޔާވި މިސްބާޙްގެ ކޮއްކޮއެވެ.
މިހާދިސާގައި އަނިޔާ ލިބުނު 3 މީހަކު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. އޭގެ ތެރެއިން އެކަކު މިހާރު ފަރުވާއަށް ފަހު ދޫކޮށްލާފައިވާއިރު އަނެކަކުގެ ހާލު ރަނގަޅުކަމަށް އިސްހާގުގެ އާއިލާއިން ބުންޏެވެ.
މި ޙާދިސާގައި ހިންގާފައިވަނީ މި މަހުގެ 21 ވަނަދުވަހުރޭ 9:00 ޖަހާކަށް ހާއިރުއެވެ. މިހާދިސާގައި ދެ މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާގައި މަރުވީ ވިލިނގިލި ދޫރެސް މިސްބާޙް އަބްދުލް މުހުސިނާއި ނ.ލަންދޫ އުރަހަ، މުހައްމަދު ޝާފިއުއެވެ.