ދުނިޔެ

ޢިރާޤުގެ އިސްތިޤްލާލާއި މިނިވަންކަމަށް އިޙްތިރާމް ކުރަން - ތުރުކީ


ޢިރާޤުގެ އިސްތިޤްލާލާއި މިނިވަންކަމަށް އިޙްތިރާމް ކުރާކަމަށް ތުރުކީވިލާތުން ބުނެފިއެވެ.ތުރުކީވިލާތުގެ ބޮޑުވަޒީރު އަޙްމަދު ދާވުތުލޫ ވިދާޅުވީ ޢިރާޤުގައި ތުރުކީވިލާތުގެ ބާރުތައް ޙަރަކާތްތެރިވަނީ އައިއެސް ޖަމާޢަތާ ހަނގުރާމަކުރުމަށް ކަމަށާއި ޢިރާޤުގެ އިސްތިޤުލާލާއި މިނިވަންކަމަށް ގެއްލުންވާނެ އެއްވެސް ޙަރަކާތެއް ތުރުކީވިލާތުން ނުހިންގާނެ ކަމަށެވެ.އިރާޤުގެ ސަރުކާރުންވަނީ އެޤައުމުގެ އުތުރުގައި ހަރަކާތްތެރިވާ ތުރުކީވިލާތުގެ ބާރުތަކަކީ އެޤައުމުގެ ހުއްދައަކާއި ނުލައި ޙަރަކާތްތެރިވާ ބާރުތަކެއް ކަމަށް ސިފަކޮށްފައެވެ. އަދި އެބާރުތައް ޢިރާޤުގެ ބިމުން ބޭލުމަށްވެސް ޢިރާޤު ސަރުކާރުން ތުރުކީވިލާތަށް ތަކުރާރުކޮށް ގޮވާލާފައިވެއެވެ.  ނަމަވެސް ތުރުކީވިލާތުގެ ސަރުކާރުން މިކަމަށް އިޖާބަ ދީފައެއްނުވެއެވެ.