އިސްރާއީލުގެ ކުރީގެ ރައީސް ޝިމޯން ޕެރޭޒް އަނެއްކާވެސް ހޮސްޕިޓަލުގައި އެނދުމަތިކޮށްފިއެވެ. މިއީ ހަފްތާއެއްގެ ތެރޭގައި އޭނާ ހޮސްޕިޓަލުގައި އެނދުމަތިކުރި ދެވަނަ ފަހަރެވެ. އުމުރުން ނުވަދިހަ ދެ އަހަރުގެ ޕެރޭޒް ޓެލްއަވީވުގެ ހޮސްޕިޓަލެއްގައި އެނދުމަތިކުރީ މޭގައި ރިއްސުމުގެ އާލާސްކަންފުޅަކާ ގުޅިގެނެވެ. މީގެކުރިން އޭނާ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވަނީ ހިތުގެ އާލާސްކަންފުޅެއްގައެވެ. ޕެރޭޒަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގަވާފައިވާ އަނިޔާވެރި ޔަހޫދީ ލީޑަރެކެވެ. އޭނާގެ ބޮޑުވަޒީރު ކަމުގައި އިސްރާއީލުން ވަނީ ލުބްނާނާ ދެކޮޅަށާ އަދި ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށްވެސް އުދުވާނީ ހަނގުރާމަތަކެއް ކޮށްފައެވެ. ޕެރޭޒް އިސްރާއީލުގެ ރައީސްކަން ކުރައްވާފައިވަނީ ދެހާސް ހަތްވަނަ އަހަރުން ދެހާސް ސާދަވަނަ އަހަރަށެވެ.