ސަަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ބާއްވާ "ރިޔާދް 2016 ޓްރެވަލް ފެއަރ" ގައި މަޓާޓޯއިން ބައިވެރިވާން ނިންމައިފިއެވެ.
މޯލްޑިވްސް
އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން މަޢުލޫމާތު ދެއްވިގޮތުގައި
އަންނަ އޭޕްރީލް މަހުގެ 12 އިން 15 އަށް ކުރިއަށްދާ މި ފެއަރގައި ބައިވެރިވާން
ބޭނުން ފަރާތްތަކަށް އެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
އެގޮތުން
އެ ފެއަރގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން އަންނަ މަހުގެ 4 ގެ ކުރިން
މަޓާޓޯގައި ރެޖިސްޓްރޭޝަން ފުރިހަމަ ކުރެއްވުމަށް އެޖަމްޢިއްޔާއިން އެދެއެވެ.
އެ ފެއަރ އާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް[email protected] މެއިލް ކުރެއްވުމުންވެސް ފެއަރ އާއި ގުޅޭ މަޢުލޫމާތު
ހިއްސާ ކުރެވޭނެ ކަމަށް މާޓާޓޯއިން ހާމަކުރެއެވެ.
މި ފެއަރއަށް 20,000 ވުރެ ގިނަ ފަރާތްތަކުން
ޒިޔާރަތް ކުރާނެކަމަށް ބެލެވިފައި ވާއިރު، 50،000 އަށް ވުރެ ގިނަ ޤައުމުން 200 އަށް
ވުރެ ގިނަ އެގްޒިބިޓަރުން މި ފެއަރގައި ބައިވެރިވާނެއެވެ.