ދުނިޔެ

ބަޗާ ޚާން ޔުނިވާސިޓީގެ ދަރިވަރުން އިޙްތިޖާޖްކޮށްފި


ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ރަށެއްކަމަށްވާ ޗަރްސައްޑާ ގެ ބަޗާ ޚާން ޔުނިވަރސިޓީއަށް ދިން ޓެރަރިސްޓް ޙަމަލާތަކާގުޅިގެން އެ ޔުނިވަރސިޓީ ބަންދުކުރުމަށްފަހު އަލުން ހުޅުވުމުން ސަލާމަތީ ކަންކަން ފުރިހަމަނުވާ ކަމަށްބުނެ އެޔުނިވަރސިޓީގެ ދަރިވަރުން އިޙްތިޖާޖްކޮށްފިއެވެ.ބަޗާ ޚާން ޔުނިވަރސިޓީގެ ދަރިވަރުންގެ ތެރެއިން ދުއިސައްތައެއްހާ ދަރިވަރުން އެޔުނިވަރސިޓީގެ ކެންޕަހުގައި ކުރި އިޙްތިޖާޖްތަކުގައި ސަލާމަތީ ކަންތައްތައް ދޯދިޔާކަމަށްބުނެ ޕާކިސްތާން ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ. އަދި އެޔުނިވަރސިޓީގެ ކެންޕަހަށް ދިން ޓެރަރިސްޓް ޙަމަލާތައް ކުށްވެރިކޮށް ޕާކިސްތާނުގެ ޠާލިބާން ޖަމާޢަތާ ދެކޮޅަށްވެސް އަޑުއުފުލާފައިވެއެވެ.ބަޗާ ޚާން ޔުނިވަރސިޓީއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ވިހި މީހުން މަރުވެފައިވާއިރު އެޖަރީމާ ހިންގާފައިވަނީ އަފްޣާނިސްތާނުގައި މަރުކަޒުކޮށްގެން އުޅޭ ޕާކިސްތާން ތާލިބާނުންނަށް ނިސްބަތްވާ ޖަމާޢަތަކުން ކަމަށް ޕާކިސްތާން ސިފައިން ބުނެފައިވެއެވެ.