ދެކުނު ކޮރެއާގެ ސީރީޒްތަކާ ފިލްމުތަތަކީ މިހާރު މުޅި ދުނިޔޭގައިވެސް އެންމެ ވައިގައި ހިފާފައިވާ އެއްޗިއްސެވެ. އެންމެ ބޮޑެތި ޑިޖިޓަލް ޕްލެޓްފޯމްތަކުގައިވެސް އެންމެ ކާމިޔާބީ ކޮރޮއާގެ އުފެއްދުންތަކެވެ.
ކޮރެއާގެ އުފެއްދުންތަކުންވެސް އަދިވެސް އެންމެ ގިނަ ބަޔަކު އެ ސީރީޒަކާއި ގުޅިގެން ވާހަކަދައްކާ ސީރީޒަކީ "ސްކްއިޑް ގޭމް" އެވެ. މި ސީރީޒް ވެގެންގޮސްފައިވަނީ ނެޓްފިލިކްސްއިން މިހާތަނަށް އެންމެ ގިނަ މީހުން ބެލި ސީރީޒަށެވެ. މި ސީރީޒްގެ ކާމިޔާބީއާއި އެކު މީގެ ދެވަނަ ބައެއް އުފައްދަން ނިންމި ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން މި ސީރީޒްގެ ޕްރޮޑަކްޝަން ޓީމުންވެސް އަދި ނެޓްފިލިކްސްއިންވެސް މީގެ ކުރިން ވާހަކަ ދައްކާފައެއް ނެތެވެ. އެހެންނަމަވެސް މި ސީރީޒްގެ ދެވަނަ ބައި އުފައްދާނެކަން ނެޓްފްލިކްސް އިން ރަސްމީކޮށް މިހާރު މިވަނީ ކަށަވަރުކޮށްދީފައެވެ.
ސީރީޒްގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދި ލިޔުންތެރިޔާ ހުވަންގް ޑޮންގް-ހީކް ބުނީ ދެވަނަ ސީޒަނާއިނާއިއެކު އިތުރު ކެރެކްޓާތައް ފެންނާނެކަމަށެވެ. އަދި "ސްކްއިޑް ގޭމް" ވުޖޫދަށް ގެންނަން 12 އަހަރު ނެގިކަމަށާއި ނަމަވެސް ނެޓްފްލިކްސްގެ އެންމެ މަޝްހޫރު ސީރީޒަށް "ސްކްއިޑް ގޭމް" ވާން ނެގީ އެންމެ 12 ދުވަސް ކަމަށް ހުވަންގް ވަނީ ބުނެފައެވެ. ހުވަންގް ވަނީ މި ސީރީޒަށް މިހާ ލޯބި ލިބިފައިވާތީ ފޭނުންނަށް ޝުކުރުވެސް އަދާކޮށްފައެވެ.
Do you want to play a game? Enter to join Squid Game: The Challenge at https://t.co/MaXfZnqmvb pic.twitter.com/6gYLXlplDC
— Netflix (@netflix) June 14, 2022
ނެޓްފްލިކްސްގެ މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު އެއް ސީރީޒް ކަމަށްވާ "ސްކައިޑް ގޭމް" އަކީ މިދިޔަ ސެޕްޓެމްބަރު މަހު ސްޓްރީމްކުރި 9 އެޕިސޯޑްގެ ސީރީޒްއެކެވެ. މީގައި ދައްކާދިނީ ދަރަނިވެފައިވާ އާއިލާތަކެއްގެ ފައިސާ ހޯދަން ކުޑަކުދިންގެ ގޭމެއް ކުޅެން ނުކުތުމުން ދިރިއުޅުން "ބިރުވެރި" ގޮތަކަށް ބަދަލުކޮށްލާ ގޮތެވެ.
ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިންގް ޕްލެޓް ފޯމުކަމުގައިވާ ނެޓްފްލިކްސް އިން ބުނިގޮތުގައި 1.6 ބިލިއަން ގަޑިއިރު ބަލައިގެން "ސްކްއިޑް ގޭމް" މިހާރު އޮތީ އެ ޕްލެޓްފޯމުން އެންމެ ގިނަ މީހުން ބެލި ސީރީޒަށް ވެފައެވެ. ނެޓްފްލިކްސް އިން ދެވަނައަށް އެންމެ ގިނައިން ބެލި އިނގިރޭސި ސީރީޒަކަށް އޮތީ "ބްރިޖެޓަން" ގެ ދެވަނަ ސީޒަންއެވެ.
"ސްކްއިޑް ގޭމް" ގެ މި ކާމިޔާބީއާއިއެކު ހަމައެކަނި ދެވަނަ ސީޒަނަކުން ހުއްޓާނުލާނެކަމުގެ އިޝާރާތެއްވެސް ޑައިރެކްޓަރު ހުވަންގް މީގެކުރިން ވަނީ ދީފައެވެ. އަދި މިކަމާއި ބެހޭ މަޝްވަރާތައް ކުރިއަށްދާކަމަށްވެސް ޑައިރެކްޓަރު އޭރުވަނީ ބުނެފައެވެ.