ދުނިޔެ

އެމެރިކާގެ ބަޔާނަކާއި ގުޅިގެން ޗައިނާއިން ނުރުހުން ފާޅުކޮށްފި


އުތުރުކޮރެޔާގެ ނިއުކްލިޔަރ ޕްރޮގްރާމާ ބެހޭގޮތުން އެމެރިކާގެ މަސްއޫލުވެރިއަކު ދެއްވި ބަޔާނަކާއި ގުޅިގެން ޗައިނާ ސަރުކާރުން ނުރުހުން ފާޅުކޮށްފިއެވެ. މިބަޔާނުގައި އެމެރިކާގެ މަސްއޫލުވެރިޔާވަނީ އުތުރު ކޮރެޔާގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށްޓަކައި އިތުރު މަސައްކަތްތައް ކޮށްދިނުމަށް ޗައިނާއަށް ގޮވާލައްވާފައެވެ. ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ހުވާޗުން ޔުންގް ވިދާޅުވީ އެމެރިކާގެ މަސްއޫލުވެރިޔާގެ މިބަޔާނަކީ މާނައެއްނެތް ބަޔާނެއްކަމަށެވެ. އަދި އަސާސެއްގެ މައްޗަށް ބިނާނުވާ ހަރުދަނާކަމެއް ނެތް މިފަދަ ބަޔާންތައް އެމެރިކާގެ މަސްއޫލުވެރިން ދެއްވާކަމަށްވެސް ހުވާޗުން ޔުންގް ތުހުމަތު ކުރެއްވިއެވެ. ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އެޤައުމަށް ޒިޔާރަތް ކުރެއްވުމަށް ތައްޔާރު ވެވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައެވެ.