ބޮލީވުޑް ތަރި ރަންބީރު ކަޕޫރުގެ އެންމެ ފޭވަރިޓް ނަންނަބަރަކީ 8 ކަން ގިނަބަޔަކަށް މިހާރު އޮންނާނީ އެނގިފައެވެ.
ރަންބީރު ފުޓްބޯޅާ ޖާޒީ އިން ފެށިގެން އޭނާ އަތުގައި އޮންނަ ކާރުގެ އަދަދަކީވެސް އަށެކެވެ. އަދި އެންމެ ޚާއްޞަ ކަމަކީ އަންހެނުން އާލިއާ ބަޓް ވެސް އަށަކާއި މާގަޔާވާ ކަމެވެ.
މިދިޔަ އޭޕްރީލް މަހު ކޮށްފައިވާ މި ދެތަރިންގެ ކައިވެނީގައި އާލިއާގެ މެހެންދީގައިވެސް އާރު އަކުރާއި ޖެހިގެން އޮތީ އަށެކެވެ. އާލިއާ އަތުގައި އަޅާފައި އޮތް ކައިވެނީގެ ތަނޑިތަކުގެ އާދަދަކީވެސް އަށެކެވެ.
ރަންބީރުގެ ކުރިއަށްއޮތް ފިލްމު "ސަމްޝޭރާ" ގެ ޕްރޮމޯޝަން އިވެންޓެއްގައި ދިން އިންޓަވިއުއެއްގައި ރަންބީރު މިވަނީ 8 ގެ ސިއްރު ހާމަކޮށްފައެވެ. ރަންބީރު ބުނިގޮތުގައި އެއީ ހަމަ އޭނާ އަށް ރީތި ނަންބަރެކެވެ. އަދި ރީތިވީ މަންމަ ނީތޫގެ އުފަންދުވަހަކީ 8 ވުމުން ކަމަށް ރަންބީރު ބުންޏެވެ. ނީތޫގެ އުފަން ދުވަހަކީ މި ހިނގާ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ. އަދި އާލިއާއަށްވެސް މި ނަންބަރު ކަމުދާތީ އުފާވާކަމަށް ރަންބީރު ބުންނެވެ.
ރަންބީރާއި އާލިއާ އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން މިދިޔަ ހަފްތާގެ ކުރީކޮޅު ވަނީ އިއުލާނުކޮށްފައެވެ. ރަންބީރު ދެން އެންމެ އަވަހަށް ފެންނާނީ ސަންޖޭ ދަތާއި، ވާނީ ކަޕޫރާއެކު ފެންނަ "ޝަމްޝޭރާ" އިންނެވެ. މިއީ 2018 ވަނަ އަހަރު ދެއްކި ކާމިޔާބު ފިލްމު "ސަންޖޫ" އަށްފަހު ރަންބީރު ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ.
އަންހެނުން އާލިއާ ބަޓް އާއެކު ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނަ ފިލްމު "ބްރަމަސްތްރާ" އަކީވެސް ރަންބީރުގެ ކުރިއަށްއޮތް ފިލްމެކެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ސިނަމާތަކަށް ގެންނަ މި ފިލްމުން އަމީތާބު ބައްޗަން، ނަގަރުޖުނާ އަކި ނެނީ އަދި މޯނީ ރޯއިވެސް ފެންނާނެއެވެ.