މާވެލްގެ އެންމެ ބޮޑު ކްރޮސް އޯވާ ފިލްމު "ޑޮކްޓަރ ސްޓްރޭންޖް: މަލްޓިވާސް އޮފް މޭޑްނެސް" އިން ވެންޑާ މެކްސިފޯމް ގެ ރޯލުން ފެނުނު ތަރި އެލިޒަބަތު އޮލްސަން އަދިވެސް އެ ފިލްމެއް ނުބަލައެވެ.
ދާދިފަހުން ދިން އިންއިންޓަވިއުއެގައި އެލިޒަބަތު ބުނީ އޭނާ އަދިވެސް އެ ފިލްމު ނުބަލާ ކަމަށެވެ. ނަމަވެސް އޭނާ އަކީ އަމިއްލަ ފިލްމުތައް ނުބަލާ ތަރިއެއް ނޫންކަމަށާއި "ޑޮކްޓަރ ސްޓްރޭންޖް" ނުބެލުނީ ފިލްމު ޕްރިމިއާ ކުރިއިރު ވަރަށް ބަލިވެ އުޅުމުން ކަމަށް އެލިޒަބަތު ބުނެއެވެ. އަދި އޭގެފަހުން އޭނާއަށް ލިބުނު ފިލްމުގެ ޓޭޕަކީ ނަހަމަގޮތުގައި ފިލްމު ވިއްކަފާނެތީ ސްޓޫޑިއޯ އިން ލޭބަލް ކޮށްފައިވާ ޓޭޕެއް ކަމުން އެ ޓޭޕް ބަލަން ބޭނުންނުވީ ކަމަށް އެލިޒަބަތު ބުންޏެވެ.
މިއަހަރު މާވެލް އިން ސިނަމާއަށް ނެރެނު މާވެލް ސިނެމޭޓިކް ޔުނިވާސް (އެމްސީޔޫ)ގެ ފުރަތަމަ ޕްރޮޖެކްޓް ޑޮކްޓަރ ސްޓްރޭންޖަކީ މާވެލްގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. ތަފާތު އެކި ފްރެންޗައިޒްތަކުން ކެރެކްޓާއިން ގެނެސްގެން ނެރުނު މި ފިލްމު ދައްކަން ފަށާފައިވަނީ މިދިޔަ މެހު މަހުއެވެ.
މި އަހަރު މާވެލް ސިނެމޭޓިކް ޔުނިވާސް (އެމްސީޔޫ) އިން ސިނަމާގައި ދައްކަން ފެށި ފުރަތަމަ އެ ފިލްމަކީ "ޑޮކްޓަރ ސްޓްރޭންޖް" ފްރެންޗައިޒްގެ ދެވަނަ ފިލްމެވެ. މި ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއްވެސް ލިބެމުންނެވެ. މިދިޔަ މެއި މަސް ނިމުނުއިރު މި ފިލްމަށް ވަނީ 700 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.
އެ އާމްދަނީ "ޑޮކްޓަރ ސްޓްރޭންޖް"ގެ ފުރަތަމަ ބަޔަށް ލިބުނު އާމްދަނީ އަށް ވުރެ ވެސް ބޮޑެވެ. ފުރަތަމަ ފިލްމަށް ލިބުނީ 677 މިލިއަން ޑޮލަރެވެ.