ދިޔަވަރު ބޮޑުވުމުގެ ސަބަބުން ލޮނުއަރާ ބައެއް މަގުތަކަށް
ވެލިއެޅުމުގެ މަސައްކަތް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލުން ފައްޓަވައިފިއެވެ.ފުނަދޫ ދެކުނު ކޮޅުން ލޮނުއަރާ މަގުތަކަށް ވެލިއެޅުމުގެ
މަސައްކަތް ކުރަމުން މިދަނީ އެމްޓިސީސީގެ ހިލޭ އެހީގެ ދަށުން އެމްޓިސީސީއާއި
ފުނަދޫ ކައުންސިލު ގުޅިގެން ކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވެއެވެ.
މިކަންކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ވެލި
ނުލިބުން ކަމަށާއި ނަމަވެސް އެންމެ ބޮޑަށް ދިޔައަރާ ސަރަހައްދުތަކަށް
ވެލި އަޅާފައިވާކަމަށް އެކައުންސިލުން ވިދާޅުވެއެވެ.