ޚަބަރު

ޕްރިޔަންކާގެ ކުރިއަށްއޮތް ހޮލީވުޑް ފިލްމުގައި އޭނާގެ އިންޑިއަން ކެރެކްޓާއެއް


ޕްރިޔަންކާގެ ޗޯޕްޅާގެ ކުރިއަށްއޮތް ހޮލީވުޑް ފިލްމުގައި އޭނާ ކުޅޭނީ އިންޑިއާގެ ޕަންޖާބީ އަންހެނެއްގެ ރޯލުކަން ހާމަވެއްޖެއެވެ. މިއީ ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެކެވެ.

"ނެވާ ހޭވް އައި އެވާ" ގެ ތަރި މިންޑީ ކެއިލިންގެ އާއިއެކު ޕްރިޔަންކާ ފެންނަ މި ފިލްމުގައި ޕްރިޔަންކާއާއި މިންޑީ އަކީ ދެބެންގެ ދެ ދަރިންނެވެ. ދާދިފަހުން ދިން އިންޓަވިއުއެއްގައި މިންޑީ ބުނީ މި ފިލްމުގައި އެ ދެމީހުންވެސް ދައްކާނީ އިންޑިއާގެ ތަފާތު ދެ ސަގާފަތެއް ކަމަށެވެ.

ޕްރިޔަންކާ ޕަންޖާބީ އަންހެނެއްގެ ރޯލު ކުޅޭއިރު އޭނާ ކުޅޭނީ އިންޑިއަން އެމެރިކަން ބެންގާލީ އަންހެން ކުއްޖެއްގެ ރޯލުން ކަމަށް މިންޑީ ބުނެއެވެ. އަދި ޕްރިޔަންކާގެ ފަރާތުން އިންޑިއާއި ބެހޭ ވަރަށް ގިނަ ކަންކަން ދަސްވެއްޖެ ކަމަށްވެސް މިންޑީ ބުނެއެވެ.

މި ފިލްމުގެ ވާހަކަ ލިޔުމުގައި މިންޑީވެސް ހިއްސާވެއެވެ. މީގެ ޕްލޮޓް އެބުރޭނީ އިންޑިއާގެ މަޝްހޫރު ބިގް ފެޓް ކައިވެންޏެއްގެ ތެރޭގައެވެ. މި ފިލްމުގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕްރިޔަންކާ އެންމެ ފަހުން ނިންމާލާފައިވަނީ އެމެޒޯން ޕްރައިމް ވީޑިއޯގެ "ސިޓަޑެލް" ގެ ޝޫޓިންއެވެ. ފަރްހާން އަޚްތަރުގެ ރޯޑް ފިލްމު "ޖީ ލޭ ޒަރާ" އަކީވެސް ޕްރިޔަންކާގެ ކުރިއަށްއޮތް ފިލްމެކެވެ. މި ފިލްމުގައި ޕްރިޔަންކާ އާއިއެކު އާލިއާ ބަޓް އަދި ކެޓްރީނާ ކައިފްވެސް ފެންނާނެއެވެ.