ޚަބަރު

ސީއެސްޓީއައިގެ އެކަޑެމިކް އަހަރު ފަށައިފި


މި އަހަރުން
ފެށިގެން މަދުވެގެން ހަގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ސިވިލްސަރވިސްގެ
ހުރިހާ މުވައްޒަފުންނަށް ހިންގުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.



ސަމީމް މިހެން
ވިދާޅުވީ ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ އެކަޑެމިކް އަހަރު
ފެށްޓެވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.



ސިވިލްސަރވިސް
ޓްރެއިނިންގ އިންސްޓިޓިއުޓްގެ އެކެޑެމިކް އަހަރު ފެށްޓެވުމަށް މިއަދު ބޭއްވި
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް ވިދާޅުވީ  ސީއެސްސީން ހިންގަވާ ތަމްރީނުތަކުގައި ސަރުކާރު
އޮފީސްތަކުގައި މަސައްކަތްކުރައްވާ ހުރިހާ ގިންތިއެއްގެ މުވައްޒަފުން
ހިމެނޭނެކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން މުވައްޒަފުން
ޓެކްނޮލޮޖީއަށް އަހުލުވެރިކުރެވިގެންދާނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.



ސިވިލް ސަރވެންޓުންނަށް
މުސާރައިގެ ކުރިއެރުން ނުދެއްވާތާ ފަސް އަހަރުވެފައިވާކަން ފާހަގަކުރައްވާ
ވާހަކަފުޅު ދައްކަވަމުން ސީއެސްސީގެ ރައީސް ވިދާޅުވީ ސްޓޭޓް ކޯރޕަރޭޝަންތަކުގެ
މުވައްޒަފުންގެ މުސާރަ ސިވިލްސަރވެންޓުންނަށްވުރެ ދެގުނަ ބޮޑުކަމަށާއި
ސިވިލްސަރވެންޓުންނަށް ސަރުކާރުން އަޅާލަންވެފައިވާކަމަށެވެ. އަދި މުޖުތަމަޢުުންވެސް
ސިވިލްސަރވެންޓުންނަށް ތަޢުރީފުނުކުރެވި އަބަދު ކުށްދައްކަވާ ފާޑުކިޔާނަމަ
އެއްވެސް ހިތްވަރެއް ނުލިބޭނެކަމަށާއި މަދަނީ ހިދުމަތްތެރިން ރަގަޅުގޮތުގައި
ދެއްވާ ޚިދުމަތްތައް ބަލައިގަތުމަށް ސީއެސްސީގެ ރައީސް އެދިވަޑައިގެންނެވިއެވެ.



ސިވިލް ސަރވިސް
ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ސިވިލް
ސަރވިސްގެ މުވައްޒަފުންނެކޭ އެއްގޮތަށް މުޖުތަމައުވެސް ހޭލުންތެރިވާން ޖެހޭކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ ނައިބުރައީސް ޖަމީލާ ޢަލީ ވިދާޅުވީ އަތޮޅުތެރޭގައި
މަސައްކަތްކުރައްވާ ސިވިލް ސާވެންޓުން ތަމްރީނުތަކަށް މާލެއަށް އައުމުގެ
ބަދަލުގައި އަތޮޅުތަކުގައި ތިބެގެން އެކަން ކުރެވޭނެ އިންތިޒާމް
ހަޖައްސަވަމުންގެންދަވާކަމަށެވެ.  



ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ އެކެޑެމިކް
އަހަރު މިއަދު ފަށްޓަވާފައިވަނީ ސަތޭކަ ބާރަ ދަރިވަރުންނާއެކުގައެވެ. އެ އިންސްޓިޓިއުޓްގައި
މިއަދުވަނީ ހަތަރު ކޯހެއް ފަށްޓަވާފައެވެ. މީގެތެރޭގައި ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހާއި އިސް
މަޤާމުތަކަށް ޚާއްސަ އެގްޒެކެޓިވް ސެޓްފިކެޓް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން
އެންޑް މެނޭޖްމަންޓް ކޯހާއި އިންގްލިޝް ލޭންގްއޭޖް ފޯރ އެގްޒެކެޓިވްސް ކޯސްވެސް ހިމޭނެއެވެ.



ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ވަނީ ނިމިދިޔަ
އަހަރު 188 ޓްރެއިންގ ޕްރޮގްރާމެއް ހިންގާ ފަސްހާހަށްވުރެ ގިނަ މުވައްޒަފުން
ތަމްރީނުކުރައްވާފައެވެ.