ޚަބަރު

އަޙުމަދު އަޝްރަފްގެ މައްޗަށް ބިރު ދެއްކުމުގެ ދައުވާކުރަނީ


ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ އަޙުމަދު އަޝްރަފްގެ މައްޗަށް ބިރު ދެއްކުމުގެ ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިމިނަލްކޯޓަށް ހުށަހަޅުއްވައިފިއެވެ.ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބާއި ގާތްގުޅެއް އޮންނަ އަޙުމަދު އަޝްރަފް ހައްޔަރުކޮށްފައިވަނީ ސްރީލަންކާގައި ދިރިއުޅެމުންދަނިކޮށް ދިވެހި ފުލުހުންނާއި އެ ޤައުމުގެ ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.ބިރު ދެއްކުމުގެ ދައުވާ އަޙުމަދު އަޝްރަފާއި ދެކޮޅަށް ދަޢުލަތުން އުފުއްލެވި ނަމަވެސް އެ މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް އަދި ސާފެއްނުވެއެވެ. އަޙުމަދު އަޝްރަފަކީ ރިޔާސީ ލޯންކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ހޯދަން އިޢުލާންކުރެއްވި އަށްމީހުންގެ ތެރެއިން އެކަކެވެ.