އިދިކޮޅު އެމްޑީޕީން މިއަދު ހަވީރު މާލޭގައި މުޒާހަރާކޮށްފިއެވެ.އެޕާޓީން މި މުޒާހަރާގައި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔާފައެވެ. މި މުޒާހަރާގައި އެމްޑީޕީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ އިސް ބައެއް ބޭފުޅުން ވަނީ ވާހަކަ ދައްކާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ މާލޭގެ ބައެއް މަގުތަކުގައި ހިނގާލުން ކުރިއަށް ގެންގޮސްފައެވެ.ހުކުރު ދުވަހަކީ ކުޑަ ކުދިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ހިތްހަމަޖައްސާލުމަށް މާލޭގެ އެކި ސަރަޙައްދުތަކަށް ނުކުންނަ ދުވަހަށްވުމާއިއެކު، އެއްވުމާއި ގުޅިގެން ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެއްވުން ކުރިއަށް ގެންދިއުމުގައި ހުއްދަ ދެވިފައިވާ ސަރަޙައްދު ފިޔަވައި މަގުތަކަށް ނުކުމެ ހިނގާލުމެއްގެ ގޮތުގައި އެއްވުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދެވެން ނޯންނާނެކަމަށް މުޒާހަރާގެ ކުރިން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.