ޓައިވާނަށް ބާރުގަދަ ބިންހެލުމެއް
އައިސް ގިނަ އަދަދެއްގެ އިމާރާތްތަކެއް ބިމާއި ހަމަވެއްޖެއެވެ.
ޓައިވާނުގެ ރަށެއްކަމަށްވާ
ޓައިނާނުގައި ހިނގި މި ޙާދިސާގައި އެއްވެސް މީހެއްގެ ފުރާއަށް ގެއްލުންވެފައިވާކަން
އަދި ކަށަވަރު ވެފައެއް ނުވެއެވެ. ރެކްޓަރ މިންގަނޑުން ހަޔެއް ޕޮއިންޓް
ހަތަރެއްގައި ރިކޯޑް ކުރެވުނު މި ބިންހެލުމާއި ގުޅިގެން ހަތަރު އިމާރާތް
ވެއްޓިފައިވެއެވެ. މީގެ ތެރޭގައި އަށް ބުރީގެ އުސް އިމާރާތެއްވެސް ހިމެނެއެވެ.
ދެ މިލިއަނަށްވުރެ ގިނަ މީހުން
ދިރިއުޅޭ ޓައިނާނަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ
ދަށުވެފައިވާކަމަށް ޤަބޫލްކުރެވޭ މީހުން ސަލާމަތްކުރުމަށް ޓީމުތަކުން މިހާރުދަނީ
ހަރަކާތްތެރިވަމުންނެވެ.
މި ބިންހެލުމާއި ގުޅިގެން
ޓައިނާންގެ ގިނަ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތްވެސްވަނީ މެދުކެނޑިފައެވެ.
ޓައިވާނަކީ ބިންހެލުންތައް ގިނަ ސަރަހައްދެއްގައި
އޮންނަ ޤައުމެކެވެ. ނަވާރަ ސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު އެ ޤައުމަށް އައި
ބިންހެލުމެއްގައި ދެ ހާސް ތިން ސަތޭކަ މީހުން މަރުވިއެވެ. މި ބިންހެލުން
ރެކޯޑްކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން ހަތެއް ޕޮއިންޓް ހަޔެއްގައެވެ.