ފިލްމުގެ ފުރަތަމަ ލުކް އާއި ޓީޒާވެސް މީގެކުރިން ދައްކާލާފައިވާ ރިތިކް ރޯޝަން އާއި ސައިފް އަލީޚާންގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެންނަ ފިލްމު "ވިކްރަމް ވޭދާ" ގެ އޮފިޝަލް ޓްރެއިލާ ދައްކާލައިފިއެވެ.
މި މަހުގެ 30 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ފިލްމަކީ 2017 ވަނަ އަހަރު ހަމަ މި ނަމުގައި ގެނެސްދިން ތަމަޅަ އެކްޝަން ތުރިލާއެއްގެ ހިންދީ ރިމޭކެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ވިކްރަމް ވޭދާ" އަކީ ފުލުހަކާއި ކުށްވެރިއެއްގެ ކުރިމަތިލުންތަކެއް ފެނިގެންދާ ފިލްމެކެވެ. އޮރިޖިނަލްގައި ޕޮލިސް މީހާގެ ރޯލު ކުޅެފައިވަނީ އާރް މާދްވަނެވެ. ގޭންގްސްޓާރުގެ ރޯލު ކުޅުނީ ވިޖޭ ސެތުޕަތީ އެވެ. ރީމޭކްވެސް ޑައިރެކްޓުކޮށްފައިވަނީ އޮރިޖިނަލް ފިލްމު ޑައިރެކްޓުކުރީ ޕުޝްކާރް-ގަޔަތުރީ އެވެ.
ފިލްމުގެ ހިންދީ ރީމޭކުގައި ޕޮލިހެއްގެ ރޯލުން ފެނިގެންދާނީ ސައިފެވެ. އަދި ރިތިކް ފެނިގެންދާނީ ގޭންގްސްޓާރެއްގެ ރޯލުންނެވެ. ޓްރެއިލާއިން ފިލްމުގައި ހިމެނޭ ވަރުގަދަ އެކްޝަން މަންޒަރުތަކުގެ ހުލާސާއެއް ދައްކާލާފައިވާއިރު، މިއީ މިއަހަރު ބޮލީވުޑަށް ނެރޭނެ ތަފާތު ފިލްމަކަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
What you choose, defines YOU! #VikramVedhaTrailer out now. https://t.co/gPbHy3vCQG
— Hrithik Roshan (@iHrithik) September 8, 2022
Book your Movie Voucher now on BookMyShow: https://t.co/QRoJXhbpoJ#VikramVedha releases worldwide in cinemas on 30th September 2022.#SaifAliKhan @PushkarGayatri pic.twitter.com/aLPNqdOsMb
މި ފިލްމުގެ ކާސްޓުގައި ރިތިކް އާއި ސައިފްގެ އިތުރުން ރާދިކާ އަޕްޓޭވެސް ހިމެނެއެވެ. މި ފިލްމުގައި ރާދިކާ ކުޅެނީ ސައިފްގެ އަންހެނުންގެ ރޯލެވެ. އަދި އޭނާ އަކީ ވޭދާގެ ވަކީލެވެ. މީގެ އިތުރުން ރޯހިތު ސަރަފު، ޖޮގިތާ ބިހާނީ، ޝާރިބް ހަޝްމީ އަދި ސަތިޔަދީބް މިޝްރާވެސް ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.
ވައިނޮޓް ސްޓޫޑިއޯސް އާއި ފްރައިޑޭ ފިލްމްވޯކްސް، ޓީ ސީރީޒް އަދި ރިލަޔަންސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމަކީ ގާތްގަނޑަކަށް 20 އަހަރަށްފަހު ސައިފް އާއި ރިތިކް އެކުގައި އެއް ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. މި ދެތަރިން އެކުގައި އެންމެ ފުރަތަމަ ފެނިފައިވަނީ 2002 ވަނަ އަހަރު ރިލީޒްކުރީ "ނާ ތުމް ޖާ ނޫ ނަހަމް" އިންނެވެ. މި ފިލްމުގެ އަންހެން ލީޑް ތަރިއަކީ އީޝާ ޑިއޯލް އެވެ.