ޚަބަރު

ޝާހުއާއެކު އެކްޝަން މަންޒަރެއް ނެގުމަށް 200 އަށްވުރެ ގިނަ އަންހެނުން


ފިލްމުގެ ޕޯސްޓަރަކާއި ޓިޒާއެއްވެސް މީގެކުރިން ދައްކާލައި، މިހާރު ޝޫޓިންވެސް ފަށާފައިވާ ޝާހުރުކްޚާންގެ "ޖަވާން" ގެ ވަރުދަގަ އެކްޝަން މަންޒަރުތަކެއް ނަގަން ތައްޔާރުވެއްޖެއެވެ.

މި ޝޫޓްގެ ހާއްސަ ކަމަކީ އެކްޝަން ސީންތަކުގައި އަބަދު ފިރިހެނުން ފެނިފައިވާއިރު މި ފަހަރު ސީންގައި ފެންނާނީ 200 ށް ވުރެ ގިނަ އަންހެނުން ކަމެވެ.

މުނިފޫހިފިލުވައިދޭ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އިންޑިއާގެ މުމްބާއީގެ 200 ށް ވުރެ ގިނަ އަންހެނުން ޗެންނާއީ އަށް ގޮސް އެކަމަށް ހާއްސަ ސެޓެއްގައި ޝާހު އާއިއެކު މި ޝޫޓް ކުރާނެއެވެ. އަދި މި މި މަންޒަރުގެ ޝޫޓިން މި ހަފްތާ ނިމުމުގެ ކުރިން ނިންމަންވެސް ޕްރޮޑަކްޝަން ޓީމުން ވަނީ ހިފާފައެވެ. މި މަންޒަރު ވެގެންދާނީ މި ފިލްމުގެ ޚާއްސަ މަންޒަރަކަށެވެ.

2018 ވަނަ އަހަރު ދެއްކި ފިލްމު "ޒީރޯ" ގެ ނާކާމިޔާބީއަށްފަހު ޝާހު ސްކްރީނުން އަނެއްކާވެސް ފެންނަ ފުރަތަމަ ފިލްމު ކަމަށްވާ "ޖަވާން" އިއުލާނުކުރީ މިދިޔަ އަހަރު އޮގަސްޓު މަހު ފަހުކޮޅުއެވެ. ތަމަޅަ ޑައިރެކްޓަރު އަތުލީ ޑައިރެކްޓުކުރާ މި ފިލްމަކީ ޝާހު ވަރަށް ތަފާތުކޮށް ފެންނަ އެކްޝަން ތްރިލާއެކެވެ. މީގެ އަންހެން ލީޑް ތަރިއަކީ މަޝްހޫރު ދެކުނު ތަރި ނަޔަންތްރާއެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ޕްރިޔަމަނީ، އަކަންކްޝާ ސިންގް އަދި ވިޖޭ ސެތުޕަތީ ހިމެނެ އެވެ. "ޖަވާން" ގެ ވަރަށް ހާއްސަ ފެނިލުމެއްގައި ދީޕިކާ ޕަދްކޯން ވެސް މި ފިލްމުން ފެންނާނެއެވެ.

ޝާހުގެ ރެޑް ޗިލީސް އެންޓަޓެއިން މަންޓުގެ ބެނާގެ ދަށުން އަންހެނުން ގޯރީޚާން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން 2 ގަ އެވެ. އިންޑިއާގައި ވާހަކަ ދައްކާއުޅޭ ފަސް ބަހަކުން ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ މިއީ ޝާހުގެ ފުރަތަމަ ޕެން އިންޑިއާ ފިލްމެވެ.

"ޖަވާން" ގެ އިތުރުން ޝާހުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ރާޖް ކުމާރު ހިރާނީގެ "ޑަންކީ" އަދި ދީޕިކާ ޕަޑްކޯނާއިއެކު ފެންނަ "ޕަތާން" ހިމެނެއެވެ.