ދުނިޔެ

އަފްޣާން ސިފައިން ދަތުރުކުރި ބަހަކަށް ބޮމުގެ ޙަމަލާއެއް ދީފި


އަފްޣާނިސްތާނުގެ ސިފައިން ގެ ބަޔަކު ދަތުރުކުރި ބަހަކަށް ދިން ބޮމުގެ ޙަމަލާއެއްގައި ތިންމީހުން މަރުވެ ސާދަ މީހުން ޒަޚަމްވެއްޖެއެވެ. އަފްޣާން ދިފާޢީ ވުޒާރާއިން ބުނީ މިއީ މީހަކު އަމިއްލައަށް މަރުވެގެން ދިން ޓެރަރިސްޓް ޙަމަލާއެއް ކަމަށެވެ. މިޙަމަލާދިން ބަސް ދަތުރުކުރަމުން ގެންދިޔައީ އަފްޣާނިސްތާނުގެ އުތުރުގެ ރަށެއްކަމަށްވާ މަޒާރޭ ޝަރީފްގެ ކައިރީގައިވާ ދަހްދާދީ ސަރަޙައްދުގައެވެ. މިޙަމަލާގެ ޒިންމާ އަފްޣާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ ޠާލިބާނުން ވަނީ އުފުލާފައެވެ.