ޚަބަރު

ކެންސަރަށް ހޭލުންތެރިކުރުމަށް ކެމްޕޭނެއް ހިންގަނީ


ކެންސަރާމެދު މީހުން ހޭލުންތެރިކުރެއްވުވުމުގެ ކެމްޕޭނެއް ހިންގެވުމަށް އެލައިޑް އިންޝުއަރެންސް ކުންފުންޏާއެކު ހެލްތް މިނިސްޓްރީން މިއަދު އެއްބަސްވެވަޑައިގެންފިއެވެ. ހެލްތު މިނިސްޓްރީން އެލައިޑް އިންޝުއަރެންސާއެކު މިއަދު ސޮއިކުރެއްވީ އެއްއަހަރުދުވަހުގެ އެއްބަސްވުމެއްގައެވެ. ކެންސަރާމެދު މީހުން ހޭލުންތެރިކުރެއްވުވުމުގެ ކެމްޕޭނެއް ހިންގެވުމަށް އެލައިޑް އިންޝުއަރެންސް ކުންފުންޏާއެކު ހެލްތް މިނިސްޓްރީން އެކަށައެޅުއްވި މި އެއްބަސްވުމުގެ ދަށުން ކެންސަރު ބައްޔަށް ހޭލުންތެރިކުރުމުގެ ތަފާތު ޙަރަކާތްތައް މުޅިރާއްޖޭގައި ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ. ވަކިން ޚާއްޞަކޮށް ކެންސަރު ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް، ދިރިއުޅުމުގެ އާދަތައް ގެންގުޅެންޖެހޭ ގޮތްތައް އޮޅުންފިލުއްވައިދެއްވުމަށް މި ކެމްޕޭންގައި އިސްކަންދެއއްވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. ހެލްތު މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ކެންސަރަށް މީހުން ހޭލުންތެރިކުރެއްވުމާއި އެ ބައްޔަށް މީހުން ސްކްރީންކުރެއްވުމާއި ޓެސްޓުތައް ހެދުމުގެ ކަންކަން ކުރިޔަށް ގެންދަވާނެ. އަދި ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތު ދެއްވާނެ ކަމަށެވެ.މިނިސްޓަރު ވިދާޅުވީ ކެންސަރުބަލި ޖެހިފައިވާ މީހުންގެ އަދަދު ދެނެގަތުމަށް އެކުލަވާލައްވާ ދަފްތަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އަމީލް ވިދާޅުވީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެންމެ އިސްކަމެއް ދެއްވަނީ ޞިއްޙަތާއި ތަޢުލީމް ކުރިއެރުވުމަށް ކަމަށެވެ. ކެންސަރާމެދު މީހުން ހޭލުންތެރިކުރެއްވުވުމުގެ ކެމްޕޭނެއް ހިންގެވުމަށް އެލައިޑް އިންޝުއަރެންސް ކުންފުންޏާއެކު ހެލްތް މިނިސްޓްރީންއާ ދެމެދު އެކަށައެޅުނު އެއްބަސްވުމުގެ މުއްދަތަކީ އެއްއަހަރު ދުވަސްކަމުގައި ވިޔަސް އެ މަސައްކަތްތަކުގެ ނަތީޖާއަށް ބަލައި އެ މުއްދަތު އިތުރުކުރައްވާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، ކެންސަރު ޖެހޭ މީހުންގެ އުމުރު ކުރިއަށްވުރެ ހަގުވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއްވައެވެ. ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ ހަތްދިހަ ދޭއް އިންސައްތައަކީ އަންހެނުންނެވެ. އަދި ކެންސަރު ޖެހިފައިވާ ފިރިހެނުންގެ އިންސައްތައަކީ އަށާވީހެވެ.