ޚަބަރު

އޮގަސްޓްމަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 100 މައްސަލަ!


ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކިބާވަތުގެ 100 މައްސަލައާއިއެކު ޖުމްލަ 240 އަށްވުރެގިނަ މައްސަލަ އޯގަސްޓްމަހު މިނިސްޓްރީ އޮފް ޖެންޓަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއަށް ހުށަހަޅާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޯގަސްޓްމަހު ބަލާފައިވާ މައްސަލަތައް ވަނީ އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. މިގޮތުން ޖުލައިމަހު 204 މައްސަލަ ބަލާފައިވާއިރު އޯގަސްޓް މަހުވަނީ 248 މައްސަލައެއް ޖެންޑަރއިން ބަލާފައެވެ. މީގެތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައްވެސް ވަނީ އިތުރުވެފައެވެ. މިގޮތުން އޯގަސްޓްމަހު މިފަދަ 100 މައްސަލަ ވަނީ ބަލާފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތައްކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާތައް

  • އިޙުމާލުވުމުގެ - 33 މައްސަލަ
  • ޖިންސީ ހާނިއްކަ - 24 މައްސަލަ
  • ޖިސްމާނީ ހާނިއްކަ - 15 މައްސަލަ
  • ނަފްސާނީ އަނިޔާ - 6 މައްސަލަ
  • ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ފެނުން / ދެއްކުން - 11 މައްސަލަ
  • އެހެން ކުދިންގެ ފަރާތުން ގަނާ ލިބުން - 4 މައްސަލަ
  • އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުން - 1 މައްސަލަ
  • ބްލެކްމެއިލް ކުރުން - 2 މައްސަލަ
  • ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުން - 1 މައްސަލަ
  • އެހެނިހެން - 3 މައްސަލަ

ވަކި ޖިންސަކަށް ވީތީކުރާ އަނީޔާގެ މައްސަލަތައް

  • ޖުމްލަ - 41 މައްސަލަ
  • ޖިސްމާނީ އަނިޔާ - 14 މައްސަލަ
  • ނަފްސާނީ އަނިޔާ - 10 މައްސަލަ
  • ޖިންސީ ހާނިކަ - 8 މައްސަލަ
  • ބިރުދެއްކުން - 3 މައްސަލަ
  • ގަދަކަމުން ޖިންސީ ގޯނާކުރުން - 2 މައްސަލަ
  • މުދާ ހިފަހައްޓާ މުދަލަށް ގެއްލުން ދިނުން - 2 މައްސަލަ
  • ފާރަލުމާއި ހިފެހެއްޓުން - 1 މައްސަލަ

ޢާއިލީ މައްސަލަތައް

  • ޖުމްލަ - 34 މައްސަލަ
  • ކުދިން ބެލުމުގެ - 15 މައްސަލަ
  • ކުދިންނާއި ބައްދަލުކުރުން - 13 މައްސަލަ
  • ދަރިންނަށް ޚަރަދު ދިނުން - 4 މައްސަލަ
  • ޙަޟާނާތުގެ - 2 މައްސަލަ

މީގެއިތުރުންވެސް އަމިއްލަ ނަފްސަށް އަނިޔާ ދިނުމުގެ މައްސަލަތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޢުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުމުގެ މައްސަލަތަކާއި އަޚުލާޤީ މައްސަލަތަކުގެ އިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ މައްސަލަތަކާއި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ ޢަމަލުތަކުގެ މައްސަލަތައް ރިޕޯޓުކޮށް ބަލާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.