މީރާއިން ކުދި ވިޔަފާރިތަކަށް އެހީވުމަށް މިހާރު އަތޮޅުތަކަށް ކުރަމުންދާ ދަތުރުތަކުގެ ބޭނުން ހިފުމަށް ވިޔަފާރިކުރާ ފަރާތަކަށް މީރާއިން އިލްތިމާސް ކުރައްވައިފިއެވެ. އަދި ޓީމުގެ މިދަތުރު ތަކުގައި ޙަރަކާތްތެރިވާ ބޭފުޅުންނަށް ވިޔަފާރިއާއި ބެހޭ މައުލޫމާތު އެންމެ ފުރިހަމައަށް ވިޔަފާރި ކުރާ ތަންތަނުން ފޯރުކޮށް ދިނުމަށް މީރާއިން އެދިވަޑައިގަންނަވައެވެ.މީރާއިން ކުދި ވިޔަފާރިތަކަށް އެހީވުމަށް މިހާރު އަތޮޅުތަކަށް ކުރަމުންދާ ދަތުރާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން މީރާގެ ޑިރެކްޓަރ ރިޔާޝާ ޢަލީ ވިދާޅުވީ މި ދަތުރުތަކުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އަހަރަކު 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް އެފަރާތްތަކުގެ ހިސާބުތައް ތައްޔާރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން އެގާރަ އަތޮޅެއްގައި މިމަހުން ފެށިގެން އޭޕްރީލްމަހުގެ ނިޔަލަށް މީރާގެ ޓީމްތަކުން ޙަރަކާތްތެރިވަމުންދާނެއެވެ. މީރާގެ ޓީމްތައް އަތޮޅުތަކުގައި ޙަރަކާތްތެރިވާއިރު އަތޮޅުތަކުގެ ވެރިކަން ކުރާ ރަށުގެ އިތުރުން އިޤްތިސާދީ މަސައްކަތްތައް ގިނަ ރަށްރަށުގައިވެސް ހަރަކާތްތެރިވާނެކަމަށް މީރާއިން މަޢުލޫމާތުދެއެވެ. މީރާގެ ޓީމްތައް އަތޮޅުތަކުގައި ހަރަކާތެރިވާއިރު ވިޔަފާރިތަކުން އެފަރާތަކުގެ އެހީހޯއްދެވުމަށް ރިޔާޝާ ޢަލީ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މީރާގެ ޓީމްތަކުން އަތޮޅުތަކަށް މިކުރާ ޒިޔާރަތުގައި ވިޔަފާރިތަކަށް ލިބިގެންދާ އެންމެ ބޮޑު ފައިދާއަކީ ވިޔަފާރިތަކުން މީރާއަށް ހުށަހަޅުއްވާ ބަޔާންތައް މީރާގެ ރަޖިސްޓީކޮށްފައިވާ އޮޑިޓަރަކު އިތުރަށް އޮޑިޓް ކުރަން ނުޖެހި، ލިޔެކިޔުންތައް އޮޑިޓްކުރުމަށް ދާ ޚަރަދު ސަލާމަތްވުމެވެ.