ޚަބަރު

އަރިދަފުސް ރޯގާ އާއި ލޮލުރޯގާ އިތުރު، ޗުއްޓީ ދުވަސްވަރު އިތުރަށް ސަމާލުވޭ!


މި ދުވަސްވަރު ރާއްޖޭގައި ހޭންޑް ފުޓް އެންޑް މައުތު ބައްޔާއި އަރިދަފުސް ރޯގާ އަދި ލޮލުރޯގާ އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ. އެހެންކަމުން ޗުއްޓީއަށް ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުކުރުމުގައާއި ގޭގެއަށް ޒިޔާރަތްކުރުމުގައިވެސް ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިންވަނީ އެދިވަޑައިގެންފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ހޭންޑް ފުޓް އެންޑް މައުތު ބައްޔާއި އަރިދަފުސް ރޯގާ އާއި ލޮލުރޯގާ އާއްމުކޮށްއުޅޭ މިންވަރަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ޑެންގީހުމާއި އެހެނިހެން ބަލިތައްވެސް ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށާއި އެހެންކަމުން ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިންވަނީ އެދިވަޑައިގެންފައެވެ. އެޗްޕީއޭއިން މިކަމަށް އެދިވަޑައިގެންނެވީ މިދުވަސްވަރަކީ ސުކޫލް ޗުއްޓީގައި ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއައް ދަތުރު ފަތުރު ކުރުމާއި ގޭގެއައް ޒިޔާރަތް ކުރުން އިތުރުވާނެ ދުވަސްވަރެއް ކަމުން ބަލިތަކުން ރައްކާތެރިވުމުގެ ގޮތުންނެވެ.

މިދުވަސްވަރު މިސަރައްދުގައި ކޯވިޑް 19ގެ ބަލި ނުފެތުރުނު ނަމަވެސް، ބައެއް ގައުމުތަކުގައި މިބަލިވެސް ފެތުރެމުން ދާކަން އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ. އެހެންކަމުން މިބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިިޔަވަޅުތައް އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.

ކޯވިޑް-19 އާއި އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

• ރާއްޖެއިން ބޭރަށް ދަތުރު ފަތުރު ކުރާއިރު ކޯވިޑް-19 ވެކްސިންގެ ޑޯޒްތައް ހަމަކުރެވިފައިވުން
• ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު އަދި ދަތުރުމަތީގައި މާސްކު އެޅުން
• އަރިދަފުސް ރޯގާ ޖެހިއްޖެނަމަ މާސްކު ބޭނުން ކުރުން، އަދި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން
• ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުން، އަދި ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
• ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެކުދިން އުރާ ނެހެދުން
• ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް އިންފްލުއެންޒާ ވެކްސިންޖެހުން. އަދި މިފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
• ހޭންޑް ސެނިޓައިޒަރ ބޭނުންކުރުން ނުވަތަ ސައިބޯނިލައިގެން އާދަކޮށް އަތްދޮވުން.

ހޭންޑް ފުޓް އެންޑު މައުތު ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

• ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުމާއި، އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަން ދިނުން
• އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން (މިސާލަކަށް މޭޒު، ގޮނޑި، ދޮރުގެ އަތްގަނޑު، ކުޅޭ އެއްޗެހި) ގިނައިން ސާފު ކުރުން
• ބަލިޖެހިފައިވާ ކުދިން ބޭރަށް ( ޚާއްސަކޮށް މީހުން އަދި ކުޑަކުދިން ގިނައިން އެއްވެ އުޅޭ ތަންތަނަށް) ނުގެންދިއުން
• ބޭނުން ކޮށްފައިވާ ނެޕީ، ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން

ލޮލު ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

• ބަލިޖެހިފައިވާ މީހުންނާއި ކުދިން ގޭގައި މަޑުކުރުން އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
• ބަލިޖެހިފައިވާ މީހުން ލޮލުގައި އަތްލުމަކީ މިބަލީގެ ޖަރާސީމު އަތަށް ވާސިލުވެ ބަލި ފަސޭހައިން ފެތުރޭ ކަމަކައް ވާތީ، ވީވަރަކުން
ލޮލުގައި އަތްނުލުން
• ބަލިޖެހިފައިވާ މީހެއްގެ ލޮލާއި ނޭފަތް ނުވަތަ އަނގައިގައި އަތްލެވިއްޖެނަމަ، އެހެންތަނެއްގައި އަތްލުމުގެ ކުރިން ރަނގަޅަށް
ސައިބޯނިލައިގެން އަތްދޮވުން
• ބަލިޖެހިފައިވާ މީހާގެ ތުވާލި ފަދަ ތަކެތި ވަކިން ގެންގުޅުން
• ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެ ކަމަށް ޝައްކު ކުރެވޭނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުން

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް:

• ކެއުމުގެ ކުރީން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
• ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
• ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރިއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން
• ގޭގައި ކާބޯތަކެތި ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ
ސާފުކުރުން
• ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުން، އަދި ކެއުމުގައި ވީހާވެސް ތާޒާ ކާނާ ބޭނުންކުރުމާއި
ކާބޯތަކެތި ހަލާކުނުވާނޭހެން ރައްކާކުރުން
• ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން، ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން، ނުވަތަ ވޯޓާރ ސަޕްލައި ފެން،
ނުވަތަ ފެން ކައްކައިގެން ބޭނުން ކުރުން
• ތަނުގައި އުފެދޭ ކުނި ރައްކާކުރުމުގައި އެކަށީގެންވާ ސައިޒުގެ މަތިޖެހޭ ޑަސްބިނެއް ބޭނުން ކުރުމާއި، ވީހާވެސް އަވަހަށް ކުނި
އުކާލުން.

ޑެންގީ އިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި:

• މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ފަދަ މޮސްކިޓޯ
ރެޕެލެންޓް ބޭނުން ކުރުން. ރެޕެލެންޓް ބޭނުން ކުރުމުގައި ތިރީގައި މިވާ މާއްދާތައް ހިމެނޭ ރެޕެލެންޓް ބޭނުންކުރުން މުހިއްމު.(DEET, Picaridin (KBR3023 or Icaridin), IR3535, OLE,PMD and 2-undecanone)
• ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތުގައިވެސް ހަފާ، އަދި ގެއާއި ގޯތިތެރޭގައި ގިނަ އިރުއުޅޭ މަދިރިއަކަށް ވެފައި،
ޚާއްސަކޮށް ފަތިސް ގަޑީގައި އާއި ހަވީރު އިރު އޮއްސޭ ވަގުތު މަދިރި އުޅޭވަރު ގިނަވާތީ ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް އެ ގަޑި ތަކުގައި ލައްޕާފައި ބެހެއްޓުން.
* ޑެންގީ ފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން، މިގޮތުން ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން، މިފަދަ ތަކެތީގައި ފެން ހަރުލުމުން ޑެންގީ ފަތުރާ މަދިރި އާލާވުމަށް މަގުފަހިވޭ
• ގޭތެރޭގައި ހުންނަ ފެން ހަރުލާފަދަ ތަކެތި (ތަށިޖަހާ ހަރުގަނޑުގެ ޓްރޭފަދަ) މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން
• ފެނުގައި ގަސް ހައްދާނަމަ، މަދުވެގެން ހަފްތާއަކު އެއްފަހަރު ފެން ބަދަލުކުރުން
• ގޯތިތެރޭގައި ހުންނަ ގަސްމުށި، ހުސް ތާނގީ ފަދަތަކެތި ސާފުކުރުން އަދި ފެން ނޭޅޭގޮތަށް ބެހެއްޓުން /ބަންދުކުރުން
• އާއްމު ތަންތަނުގައި ފެން ހަރުލާގޮތަށް ބަހައްޓާ ނުވަތަ އުކާލެވިފައިވާ ތަކެތި ނައްތާލުން ނުވަތަ ފެން ހަރުނުލާނޭހެން ބަންޑުން ޖެހުން ނުވަތަ މަތިއެޅުން.