ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ 21 ނޮވެންބަރު 2022 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ބެލްޖިއަމުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
މިޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ދެ ޕެކެޓެއް ވަނީ ފެނިފައެވެ. ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަޙުލީލުކުރިއިރު، މިތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.010 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 2,500,000.00 (ދެ މިލިއަން ފަސް ލައްކަ) ރުފިޔާއަށް އަރައެވެ.
މިމައްސަލައިގައި ޝާމިލްވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން މި މަހުގެ 24 ވަނަ ދުވަހު ސްވިޓްޒަލެންޑުގެ ރާއްޖެއައި ފިރިހެނެއްގެ އަތުންވަނީ 2.198 ކިލޯގެ ކޮކެއިންވަނީ ކަސްޓަމްސްއިންވަނީ އަތުލައިގަނެފައެވެ.