ރިޔާސީ އިންތިހާބަށް، އިލެކްޝަން ކޮމިޝަންގެ ވަޒީފާއަށް 200 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެ ކޮމިޝަނުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް 266 މުވައްޒަފުން ހޯދަން މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ހޯދަމުންދާކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ.
• ސޮފްޓްވެއަރ ޑިވެލޮޕަރ - 1
• އެސިސްޓެންޓް މާސްޓަރ ޓްރެއިނަރ - 2
• މެނޭޖަރ - 8
• ގްރެފިކް ޑިޒައިނަރ - 3
• ސީނިއަރ އޮފިސަރ / މީޑިއާ - 1
• ސީނިއަރ އޮފިސަރ - 39
• ޓެކް އޮފިސަރ - 2
• އޮފިސަރ - 203
• މަސައްކަތު މީހުން - 6
މި ވަޒީފާތަކަށް މީހުން ނަގާނީ ރިޔާސީ އިންތިޚާބުގެ ނިޔަލަށެވެ. ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް މަހު މުސާރައެއެއްގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ 4465ރ އެވެ. އެލެވަންސްގެ ގޮތުގައި ކޮންމެ މަހަކު 1500ރ ދިމުނަށް ނިންމާފައިވާއިރު އެ ކޮމިޝަންގެ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 155ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަން ކޮމިޝަން ވިދާޅުވީ މި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، އަންނަ އޭޕްރިލް 30 ވާ އާދީއްތަ ދުވަހުގެ 15:00 އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެ ކޮމިޝަނުން ވިދާޅުވީ އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ 30 ސެޕްޓެމްބަރުގައިކަމަށެވެ.