ޚަބަރު

އެމް.އެން.ޑީ.އެފް އިން ސ.ގަމުގައި އަސްކަރީ ތަމްރީން ތަކެއް


އެމް.އެން.ޑީ.އެފް އިން ސ.ގަމުގައި ގަމުގައި އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން މިއަދު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން މިއަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދާނީ އަންނަ މަރޗް މަހުގެ 1 ވަނަ ދުވަހު ހެނދުނު 9:00 އިން އިރުއޮއްސި 18:00 އަށެވެ.

އެމްއެންޑީއެފްއިން ކުރިއަށް ގެންދާ މިތަމްރީންތަކުގައި ހަތިޔާރުގެ ގޮތުގައި ބޭނުންކުރާނީ އޭކޭ.ސީރީޒް ރައިފަލް އެވެ.

މިތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން ވައިގެ ސަރަހައްދު ބޭނުންކުރާނީ ސ.ގަން ޓްރޭނިންގ ސެންޓަރުން ހުޅަނގު ދެކުނަށެވެ. އެގޮތުން ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 4600 މީޓަރު ކަމަށާއި، ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 200 މީޓަރު ކަމަށާއި، ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ.ލެވެލް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރައްވައެވެ.

އެހެންކަމުން މިސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓް މިނިސްޓްރީންވަނީ އަންގަވާފައެވެ.