އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސްގެ އައު އަލްބަމް "މައިލީ ސައިރަސް – އެންޑްލެސް ސަމާ ވެކޭޝަން (ބެކްޔާޑް ސެޝަންސް)" މި މަހު 10 ގައި ނެރޭ ގޮތަށް ހަމަޖެހިއްޖެއެވެ.
މި އަލްބަމްގައި، މިދިޔަ މަހު އޭނާ ގެނެސްދިން ހިޓު ލަވަ "ފްލާވާސް" އާއި އެކު ޖުމްލަ 13 ލަވަ ހިމެނޭނެއެވެ.
"ބެކްޔާޑް ސެޝަން" އަކީ މައިލީ އޭނާގެ ފޭނުންނަށް 2012 ވަނަ އަހަރު ފެށި ސީރީޒެކެވެ. "އެންޑްލެސް ސަމަރ ވެކޭޝަން (ބެކްޔާޑް ސެޝަންސް)" އަކީ "ބެކްޔާޑް ސެޝަން" ގެ ކޮންޓިނިއުއޭޝަން އެވެ.
އައު އަލްބަމްގެ ޓްރެކްލިސްޓްވެސް މިހާރު އާންމުކޮށްފައިވާއިރު، އޭގައި ހިމެނޭ ލަވަތަކުގެ ތެރޭގައި "ޖޭޑެޑް"، "ރޯޒް ކަލާޑް ލެންސެސް"، "ތައުޒަންޑް މައިލްސް"، "ޔޫ"، "ހޭންޑް ސްޓޭންޑް"، "ރިވާ"، "ވައިލެޓް ކެމިސްޓްރީ"، "މަޑީ ފީޓް"، "ވައިލްޑް ކާޑް"، "އައިލެންޑް"، "ވޮންޑަ ވުމެން" އަދި ޓައިޓަލް ޓްރެކް "އެންޑްލެސް ސަމަ ވެކޭޝަން" ހިމެނެއެވެ.
Welcome home. ?
— Disney (@Disney) March 3, 2023
Miley Cyrus - Endless Summer Vacation (#BackyardSessions), an Original special, is streaming at 1pm ET/10am PT on March 10, only on @DisneyPlus. pic.twitter.com/XFbmXDzIYt
މި އަލްބަމްގައި މަޤުބޫލު ދެ އާޓިސްޓުން ކަމަށްވާ ސިއާ އަދި ބްރެންޑަން ޗާލީ ވެސް ފީޗަރކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. "މަޑީ ފީޓް" ލަވައިގައި މައިލީ އާއެކު ސިއާ ލަވަކިޔާއިރު، ބްރޭންޑަން ފީޗަރކޮށްފައި ވަނީ "ތައުޒަންޑް މައިލްސް" ލަވައިގައެވެ.
މައިލީގެ "ފްލާވާސް" ލަވައަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ނުކުތް އެންމެ ބޮޑު ހިޓެވެ. އެ ލަވައަކީ ޗާޓުތަކުގައި ވެސް މައިލީގެ ލަވަތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު އެއްވަނައިގައި އޮތް ލަވައެވެ. އަދި އެ ލަވަ ވަނީ ސްޕޮޓިފައިގެ ގިނަ ރެކޯޑުތަކެއް ވެސް މުގުރާލާފައެވެ.
"މައިލީ ސައިރަސް – އެންޑްލެސް ސަމާ ވެކޭޝަން (ބެކްޔާޑް ސެޝަންސް)" ޕްރޮޑިއުސްކޮށްފައިވަނީ ރެޑިކަލްމީޑިއާ، މައިލީ ސައިރަސް، ހޯޕްޓައުން އެންޓަޓެއިންމަންޓް، ކްރަޝް މެނޭޖްމަންޓް އަދި ކޮލަމްބިއާ ރެކޯޑްސް އިންނެވެ. ޖެކޮބް ބިކްސަންމަން އާއި ބްރެންޑަން ވޯލްޓަރ އަކީ މީގެ ޑައިރެކްޓަރުންނެވެ. އަދި މާސެލް ރެވް އަކީ ފޮޓޯގްރަފީގެ ޑައިރެކްޓަރެވެ.