ޚަބަރު

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އުފައްދަވައިފި


"ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ސެންޓަރ އުފެއްދެވީ ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް މަސައްކަތްކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.

މި އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ހަމަޖައްސަވާފައެވެ.

މި ސެންޓަރ އުފެއްދެވުމާއިގުޅިގެން، ޤާނޫނު ނަންބަރު 2015/32 ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 19 މާއްދާގެ ދަށުން، ޓެރަރިޒަމުގެ ޢަމަލުތަކާ ގުޅިގެން އެކަންކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމުގެ އިސްފަރާތަކަށްވެގެންދާނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރއެވެ.