މަސްތުވާތަކެތި ގެންގުޅުނު މީހަކު ސަތޭކަ ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމާއިއެކު ޢުމުރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.
ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުވެ، އުމުރަށް ޖަލަށްލުމަށް ކޯޓުން ޙުކުމް ކުރެއްވީ ހެންވޭރު ފޭދޫގޭ ޙުސައިން ޝިޔާޒްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް މިއަދު އިއްވެވި ޙުކުމުގައި ވަނީ،
2014 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އިންޑިއާގެ ރައްޔިތަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ވިޔަފާރިކުރުމުގެ ކުށް ސާބިތުވާކަމަށެވެ.