މޫނު ނިވާކޮށްގެން ތިބި ބަޔަކު ރީތިބީޗު ރިޒޯޓަށް އަރާ އެރިޒޯޓުން ދެ ތިޖޫރީއެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވީ ރީތިބީޗް ރިސޯޓުގެ ދެ ތިޖޫރީއެއް ވަރަށް ވަގަށް ނަގާފައިވަނީ ރޭ ފަތިގެ ވަގުތެއްގައި ކަމަށެވެ. އަދި ތިޖޫރީ ވަގަށް ނަގާފައިވަނީ ރިޒޯޓްގެ ރިސެޕްޝަނުގައި ހުރި މުވައްޒަފު ބަނުމަށްފަހުކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
މިމައްސަލަ މިހާރު ތަޙްޤީގުކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ.