ދިވެހި އަސްކަރިއްޔާއަށް އަމާޒުކޮށް ހަޤީގަތާ ޚިލާފު ދޮގު ޚަބަރު ފަތުރާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅުއަޅުއްވަމުން ގެންދާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން މިރޭ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ދިވެހި އަސްކަރިއްޔާއާއި ގުޅޭގޮތުން ފަތުރަމުންދާ ޙަޤީގަތާ ހިލާފު ދޮގު ޚަބަރުތަކަކީ ރައްޔިތުންގެ މެދުގައި ސިފައިންނާމެދު ނަފުރަތުކަން އުފެއްދުމަށް ކުރަމުންގެންދާ ދަށު ދަރަޖައިގެ އަމަލެއްކަމުގައި އެ މުއައްސަސާއިން ދެކޭ ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާއަށް އަމާޒުކޮށް ފަތުރަމުންގެންދާ ހަޤީގަތާއި ޚިލާފު ދޮގު ޚަބަރުތަކުގެ ސަބަބުން ދިވެހި އަސްކަރިއްޔާގެ ބަދަހި ސަފުތަކަށް އެއްވެސްކަހަލަ ލޮޅުމެއް އަރުވައި ނުލެވޭނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް މި ބަޔާނުގައި ވެއެވެ.