ޚަބަރު

ޖަނަވާރުތަކުގެ ސެލްތަކުން އުފައްދާ ކުކުޅު ވިއްކުން އެމެރިކާގައި ހުއްދަކޮށްފި


  • މިއީ މިގޮތަށް ލެބޯޓްރީގައި އުފައްދާ ކުކުޅު ވިއްކުން ހުއްދަކޮށްފައިވާ ދެވަނަ ޤައުމު

  • އެމެރިކާގެ ދެ ކުންފުންޏަކަށް މިފަދަ ކުކުޅު ވިއްކުމުގެ ހުއްދަ ވަނީ ދީފައި

  • މި ކުކުޅު މަހުގެ ޓެކްސްޗާރއާއި ރަހަ ނަކަލުކުރި ނަމަވެސް ޖަނަވާރުގެ އެއްވެސް ޕްރޮޓީނެއް ނުހިމެނޭ

ޖަނަވާރުތަކުގެ ސެލްތަކުން ލެބޯޓްރީގައި އުފައްދާ ކުކުޅު ވިއްކުމުގެ ހުއްދަ އެމެރިކާގެ ދެ ކުންފުންޏަކަށް ދީފިއެވެ. މިއީ މިގޮތަށް ލެބޯޓްރީގައި އުފައްދާ ކުކުޅު ވިއްކުން ހުއްދަކޮށްފައިވާ ދެވަނަ ޤައުމެވެ.

ޚަބަރުތައް ބުނާގޮތުން ލެބޯޓްރީގައި އުފައްދާ ކުކުޅު ވިއްކުމުގެ ހުއްދަ އެމެރިކާގެ ޑިޕާރޓްމެންޓް އޮފް އެގްރިކަލްޗަރ، ޔޫ.އެސް.ޑީ.އޭ ދީފައިވާ ދެ ކުންފުންޏަކީ އަޕްސައިޑް ފުޑްސްއާއި، ގުޑް މީޓެވެ. އަދި ވަކި ރެސްޓޯރެންޓްތަކަކުން ކުކުޅު ވަރަށް އަވަހަށް ކޮންސިއުމަރުންނަށް ލިބޭނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މި ދެކުންފުނީގެވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބަލާފައިވާއިރު، ކުކުޅު ވިއްކުމުގައި އެއްވެސް ކަހަލަ ނޭދެވޭ ކަމެއް ކޮށްފައިވޭތޯ ބެލުމަށް 2 ކުންފުނިން ބޭނުންކުރާނެ ލޭބަލްވެސް ޔޫ.އެސް.ޑީ.އޭ އިން ބަލާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ގިނަ ޢަދަދެއްގެ އެއްގަމު މަސް ރަނގަޅު ފެންވަރުގައި އެއްފަހަރާ އުފެއްދުމަކީ ވަރަށް ޚަރަދު ބޮޑު ކަމެކެވެ. ނަމަވެސް މިކަމަށް ހުއްދަ ލިބުމާއިއެކު އަޕްސައިޑް ކުންފުނިން ވަނީ އެމީހުންގެ ފުރަތަމަ އޯޑަރު އުފައްދަން ފަށާފައެވެ. މި އޯޑަރު ދީފައި ވަނީ ސެންފްރެންސިސްކޯގެ ރެސްޓޯރެންޓަކުންނެވެ.

ލެބޯޓްރީގައި އުފައްދާ މި ކުކުޅަކީ މަހުގެ ޓެކްސްޗާރއާއި ރަހަ ނަކަލުކުރާ ނަމަވެސް ޖަނަވާރުގެ އެއްވެސް ޕްރޮޓީނެއް ނުހިމެނޭ ސޯޔާ ބާރގަރ ފަދަ ގަސްގަހާގެހިން އުފައްދާ ތަފާތު އުފެއްދުންތަކެކެވެ.