ޚަބަރު

ފަޅުރަށަކަށް ގޮސް އުޅުނު އުމުރުން ދުވަސްވީ މީހަކު ގެއްލިއްޖެ


ކާށިހޮވަން ފަޅުރަށަކަށް ގޮސް އުޅުނު އުމުރުން ދުވަސްވީ މީހަކު ވީ ނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ ރިޕޯޓެއް ލިބުމާއިގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އުމުރުން 85 އަހަރުގެ މި ފިރިހެން މީހާ ގެއްލިފައިވަނީ ކާޑެއްދޫ ކައިރީ އޮންނަ ރަހަދޫ ކިޔާ ފަޅުރަށަށް ގޮސް އުޅެނިކޮށް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި މީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 16:00 ހާއިރު ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

އެމީހާ ހޯދުމަށް އެ ރަށުގައި ކުރަމުންދާ މަސައްކަތުގައި ގިނަ ޢަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާއިރު އާއްމުންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެމީހާ ހޯދުމަށް ކުރާ މަސައްކަތުގައި އެއްގަމާއި މުދުގައިވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.