ދުނިޔެ

އިސްރާއިލު ސިފައިން ފަލަސްތީނު 2 މީހަކު ޝަހީދުކޮށްލައިފި


އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ދެމީހުން ޝަހީދުކޮށްލައިފިއެވެ.

މި ޖަރީމާ އިސްރާއީލުން ހިންގާފައިވަނީ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޚަލީލު ސަހަރުގައެވެ. އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ދޭ ބަޑީގެ ހަމަލާތަކުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ ސަތޭކަ ނަވާވީސް މީހުން ޝަހީދުކޮށްލައި އެތައް ސަތޭކަ ބަޔަކު ޒަޚަމް ކޮށްލާފައިވެއެވެ.