އިރާޤާއި ސޫރިޔާގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ ދެސަރަޙައްދެއް ކަމަށްވާ އުންމުލްދީބާންއާއި އުންމު ގްރޭސްއިން އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިން ބޭރުކޮށް، އެ ދެ ސަރަޙައްދު މިނިވަންކޮށްފިއެވެ.
އިރާޤު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުންމުލްދީބާން އާއި އުންމު ގްރޭސް އިން އައިއެސްގެ ހަނގުރާމަވެރިން ބޭރުކޮށް އެދެސަރަޙައްދު މިނިވަންކުރީ ޤަބީލާތަކުގެ ހަނގުރާމަވެރިންނާއި ޔަޒީދީ ދަރިކޮޅުގެ ހަނގުރާމަވެރިން ގުޅިގެން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ކަމަށެވެ. އިރާޤުގެ ބައިމަދު ނަސްލެއް ކަމަށްވާ ޔަޒީދީ ދަރިކޮޅުގެ މީހުންނަކީ އައިއެސް ޖަމާޢަތުގެ އަނިޔާވެރިކަން ވަރަށްބޮޑަށް ތަޙައްމަލު ކުރަމުން ގެންދާބައެކެވެ.