ދުނިޔެ

އީރާނާއި ޕާކިސްތާނުގެ ވިޔަފާރީގެ މުޢާމަލާތްތައް ފުޅާކުރަނީ


ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި އީރާނާއި ޕާކިސްތާނުގެ ވިޔަފާރީގެ މުޢާމަލާތްތައް ފަސް ބިލިޔަން އެމެރިކާ ޑޮލަރަށް މަތިކުރުމަށް އެދެޤައުމުން އެއްބަސްވެއްޖެއެވެ.

މިކަން ހާމަކުރައްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފް ވިދާޅުވީ އީރާނުގެ ރައީސް ޙަސަން ރޫޙާނީ އީރާނަށް ކުރެއްވި ދަތުރުފުޅުގައި ދެޤައުމުން މިކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އީރާނުގެ ރައީސް ޙަސަން ރޫހާނީ އިސްލާމްއާބާދުން ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރޫޙާނީގެ މިދަތުރުފުޅުގައި އިޤްތިޞާދާއި ވިޔަފާރީއާއި ހަކަތައާ އަދި ޓެކްނޮލޮޖީގެ ދާއިރާއާ ގުޅޭ ދެޤައުމުގެ މަސްއޫލުވެރިން އެތައް އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ.