ޚަބަރު

އިންތިޚާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް ސްރީލަންކާގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް


  • ސްރީލަންކާ ރައީސަށް މަރުޙަބާ ދެންނެވީ ފޮރިން މިނިސްޓަރާއި އިންތިޚާބީ ރައީސްގެ އޮފީސް ޓީމެއް

  • އެކިޤައުމުތަކުން މަތީ ފެންވަރުގެ ބޭފުޅުން އަންނަނީ ރާއްޖެއަށް ވަޑައިގަންނަވަމުން

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ރައީސް ރަނީލް ވިކްރަމަ ސިންގހާގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ސްރީލަންކާގެ ރައީސްގެ ދެކަނބަލުންނަޑް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ މިނިސްޓރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދެވެ. ފޮރިން މިނިސްޓަރުގެ އިތުރުން އިންތިޚާބީ ރައީސްގެ ފަރާތުންވެސް ޚާއްސަ ޓީމެއްވަނީ ސްރީލަންކާގެ ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށް އެއަރޕޯޓަށް ވަޑައިގަންނަވާފައެވެ.

ރަނީލް ވިކްރަމަސިންގހާގެ މިދަތުރުފުޅަކީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާ 3 ވަނަ ރަސްމީ ދަތުރުފުޅެވެ. އެންމެ ފަހުން އެމަނިކުފާނު ރާއްޖެވަޑައިގެންފައިވަނީ 2019 ވަނަ އަހަރު ސްރީލަންކާގެ އޭރުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވައިގެންނެވެ.

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެކި ޤައުމުތަކުން މަތީފެންވަރުގެ ބޭފުޅުން އަންނަނީ ރާއްޖެވަޑައިގަންނަވަމުންނެވެ

ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ މީގެ 58 އަހަރުކުރިން 1965 ވަނަ އަހަރުއެވެ.