ޚަބަރު

ޖޭއެސްސީގެ މެމްބަރުކަމުން މަސްތޫރު އިސްތިއުފާދެއްވައިފި


  • މަސްތޫރު ޖޭއެސްސީގެ މެމްބަރަކަށް ޢައްޔަންކުރެއްވީ ރައީސް ޞާލިޙް

  • މަޤާމާއި ޙަވާލުވެވަޑައިގަތީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު

ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ އަލްއުސްތާޛު މަސްތޫރު ޙުސްނީ އިސްތިއުފާދެއްވައިފިއެވެ.

މަސްތޫރު ޙުސްނީ ޖޭއެސްސީގެ މެމްބަރުކަމަށް ޢައްޔަންކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެމްބަރާއެކު ޖޭއެސްސީ އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ އިޞްލާހު ހުށައަޅާފައެވެ.