މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ޞިޔާމް މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ވަކިވަކިން ކުރިއަށްގެންދިޔަ މި ދެ ބައްދަލުކުރެއްވުން ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި މައްދަލުވުންތަކާއި ގުޅޭ އިތުރު ތަފްސީލް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މިއަދު ބައްދަލުކުރައްވައިފި. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި. pic.twitter.com/b860WD5sTm
— The President's Office (@presidencymv) December 20, 2023
މި ދެބޭފުޅުންގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއިވެސް ރައީސް ޑރ. މުޢިއްޒު މިއަދު ބައްދަލުކުރައްވާފައިވެއެވެ.
އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ޤައުމުގެ ހަމަޖެހުން ޤާއިމްކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ކަންކަމާ ގުޅޭގޮތުންކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.