ހަވާއެރުވުމާގުޅޭ ފަރިތަކުރުންތަކެއް މިރޭ ހުޅުމާލޭގައި ކުރިއަށްދާނެކަމަށް ޤައުމީ ދިފާޢީ ބާރު، އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.
މިއީ އައު އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ފަރިތަކުރުންތަކެއްކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވިއެވެ.
މި ފަރިތަކުރުންތައް ކުރިއަށްދާނީ މިރޭ 20:00 ގައި ހުޅުމާލޭ ފޭސް 2 ގެ ހިޔާ 16 ވަނަ ޓަވަރު ކައިރީގައެވެ.
ހަވަޔާއި ބަޑިބޭހުގެ ކުޅިވަރުތަކަކީ ގިނަ ބައެއްގެ ޝަޢުގު އެކަމަކަށް އޮންނަ ހަރަކާތްތަކެކެވެ. ރާއްޖޭގައިވެސް ޚާއްސަ އެކި މުނާސަބަތުތަކާ ގުޅުވާ ހަވާއެރުވުމަކީ ފަހަކަށް އައިސް އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ.