ދުނިޔެ

ސައޫދީ ރަސްގެފާނު، ތުރުކީވިލާތުގެ ރައީސާއި ބައްދަލުކުރައްވައިފި


ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ އަންކަރާގައި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވީ ސޫރިޔާގެ މައްސަލައާއި ޔަމަންގެ މައްސަލައާ އަދި ފަލަސްތީނުގެ މައްސަލައިގެ އިތުރުން އިސްލާމީ ޤައުމުތަކަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާތަކާ ބެހޭގޮތުންނެވެ.

ސައޫދީ އަރަބިއްޔާއާއި ތުރުކީވިލާތަކީ ސޫރިޔާގެ މައްސަލައާ ޔަމަންގެ މައްސަލަފަދަ ސަރަހައްދީ ގިނަ މައްސަލަތަކުގައި ޚިޔާލު އެއްގޮތް ދެޤައުމެވެ. ތުރުކީވިލާތުގެ ދެކުނުގެ ސިޓީއެއްކަމަށްވާ އިސްތަންބޫލްގައި މިއަދު ފެށޭ އިސްލާމީ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގައިވެސް ސަލްމާން ރަސްގެފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އެދިވަޑައިގަތުމަކަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ން އިންތިޒާމްކޮށްގެން ބާއްވާ ސަމިޓެކެވެ. މިސަމިޓްގައި އިސްލާމީ ބައެއް ޤައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.